twitterviber whatsapp telegramfacebookyoutube instagram
27th April 2024

ބީއެމްއެލްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް މާސްޓާ ކާޑު ތައާރަފްކޮށްފި

ޚަދީޖާ އާދަމް
Oct 17, 2019

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ކްރޮސްރޯޑްސް ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖެގައި ފުރަތަމަ ފަހަރަށް ބިޒްނަސް ޑެބިޓް ކާޑާއި މާސްޓާ ކާޑުގެ އިތުރުން ފަސޭހައިން ފައިސާ ދެއްކޭނެ ދެ ޕޯޓަލް ތައާރަފްކޮށްފި އެވެ.

މިއީ ރާއްޖެ އަށް މާސްޓާ ކާޑު ތައާރަފްކުރި ފުރަތަމަ ފަހަރެވެ. ބީއެމްއެލް އިން ބުނީ ރާއްޖެ އަށް މާސްޓަ ކާޑު ތައާރަފްކުރީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ވިޔަފާރީގެ މުއާމަލާތްކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ. މާސްޓަ ކާޑު ބޭނުންކޮށްގެން އެ ކުންފުނީގެ ހިދުމަތް ލިބޭ ހުރިހާ ގައުމަކުން ވެސް ވިޔަފާރިކުރެވޭނެ އެވެ.

މި ކާޑު ތައާރަފުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ އާއި މާސްޓަ ކާޑުން ރާއްޖެ އަށް ކަނޑައަޅާފައިވާ ކަންޓްރީ މެނޭޖަރު ސަންތޯސް ކުމާރު އެވެ.

އަލަށް ތައާރަފް ކުރި މި މާސްޓަ ކާޑާއި މިހާރު ބޭނުންކުރާ ހުރިހާ މާސްޓަ ކާޑް ޕްރޮޑަކްޓްތަކަކީ ފަސޭހަކަމާއި، ރައްކާތެރިކަމާއެކު ޕޭމަންޓް ހެދުމަށް ކޮންޓެކްޓްލެސް ޕޭމަންޓް ހެދޭގޮތަށް ފަރުމާކޮށްފައިވާ ކާޑު ތަކެކެވެ. އޭރުން ޕީއޯއެސް އަށް ކާޑު ނުލައްވައި އެ މެޝިނާ ކާޑު ކައިރިކޮށްލުމުން ފައިސާގެ މުއާމަލާތް ކުރެވޭނެ އެވެ.

މީގެ އިތުރުން ފައިސާ ދެއްކޭނެ ދެ ޕޯޓަލް ތައާރަފްކޮށްފައިވާއިރު މޯބައިލް ޕޮއިންޓް އޮފް ސޭލް (އެމްޕޮސް) ގެ ނަމުގައި ބީއެމްއެލުން ތައާރަފުކުރި މި ހިދުމަތަކީ ކާޑާއި އޮންލައިންކޮށް ކަސްޓަމަރުންކުރާ މުއާމަލާތްތައް، ސްމާޓްފޯން ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ބަލައިގަނެވޭނެހެން ތައްޔާރުކޮށްފައިވާ ޕޯޓަލްއެކެވެ.

މި ޕޯޓަލް މެދުވެރިކޮށް ކްރެޑިޓާއި ޑެބިޓް އަދި ޕްރީޕެއިޑް ކާޑުގެ އިތުރުން ތަފާތު ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ކޮންމެވަގުތަކުވެސް ފައިސާ ބަލައިގަނެވޭނެ އެވެ. މި ހިދުމަތްތަކާއެކު ފިހާރަތަކުގައި ހުންނަ ކިޔުއާރު ކޯޑް ސްކޭންކޮށްގެން ވެސް މުދަލާއި ޚިދުމަތްތަކަށް ފައިސާ ދެއްކޭނެ ކަމަށް ބީއެމްލުން ވަނީ ބުނެފަ އެވެ.

އެމްޕޮސް އާއެކު ބީއެމްއެލުން ތައާރަފްކުރި މާޗަންޓް ޕޯޓަލްގެ ހިދުމަތަކީ ވިޔަފާރިތަކުން ފައިސާ ބަލައިގަތުމަށްޓަކައި އޮންލައިން ނުވަތަ އީމެއިލް މެސެޖަކުން ޕޭމަންޓް ލިންކް ފޮނުވުމާއި، ޓްރާންސެކްޝަންތަކުގެ ތަފްސީލް ބަލައިލުމާއި ވިޔަފާރީގެ ރިޕޯޓްތައް ތައްޔާރުކޮށްލެވޭނެ ހެން ތައްޔާރުކޯށްފައިވާ ޕޯޓަލް އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355