twitterviber whatsapp telegramfacebookyoutube instagram
12th November 2019

ގިނަ އަދަދެއްގެ ބަނގުރަލާއި ބޭސް ނައްތާލައިފި

Oct 21, 2019

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބޭސް ނައްތާލައިފިއެވެ.

މި ތަކެތި ނައްތާލާފައިވަނީ 17 އޮކްޓޯބަރ 2019 ވަނަ ދުވަހު ކ. ތިލަފުށީގެ ސައިޓްގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.

އެގޮތުން 833 ލީޓަރުގެ ރާ ނައްތާލާފައިވާއިރު 13،208 ގުޅަ ބޭސް ނައްތާލާފައި ވެއެވެ. މީގެ އިތުރުން 843 އޮރިޔާން ކާޑާއި ބޭހުގެ ގޮތުގައި ބޭނުން ކުރާއެކިވައްތަރުގެ ސްޕްރޭ އަދި ކްރީމް 949 ފުޅި ނައްތާލާފައި ވެއެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ މުއްދަތު ހަމަވުމުގެ ސަބަބުން ނުވަތަ ހަލާކުވުމުގެ ސަބަބުން ކަސްޓަމްސްއިން ނައްތާލުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗާއި ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތިކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355