twitterviber whatsapp telegramfacebookyoutube instagram
23rd September 2026

ކޭއާރުއެޗުގައި ޒަމާނީ ލޭބަރ ރޫމަކާއި ސީއެސްއެސްޑީ ޔުނިޓެއް އަޅަން ވޭވްލެންތާ ހަވާލުކޮށްފި

• މިއީ އެންމެ ޒަމާނީ ފެންވަރުގެ ލޭބަރ ރޫމެއް
• މިތަނުން އެއްފަހަރާ ހަތަރު މީހުން ވިއްސޭނެ

އަބްދުލް ވާހިދު ޙަސަން
Oct 22, 2019
5

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޒަމާނީ ލޭބަރު ރޫމަކާއި ސެންޓްރަލް ސްޓެރައިލް ޑިޕާޓްމަންޓް ސާރވިސް (ސީއެސްއެސްޑީ) ޔުނިޓް ހެދުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ކޭއާރުއެޗުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ލޭބަރ ރޫމާއި ސީއެސްއެސްޑީ ޔުނިޓް ހެދުމަށް ހަވާލުކޮށްފައިވަނީ ވޭވްލެންތް ކުންފުންޏާ އެވެ.

މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ކޭއާރުއެޗުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ މެނޭޖަރު އަހުމަދު ދާއޫދެވެ. ވޭވްލެންޗުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު ޔޫނުސް އިބުރާހީމެވެ.

80 ދުވަސްތެރޭގައި ހަދަން ހަވާލުކުރި މި ދެ ތަން ހެދުމަށް ހަވާލުކޮށްފައިވަނީ 1.3 މިލިއަން ރުފިޔާއަށެވެ. މި ދެ ތަން ހެދުމަށް ހަމަޖެހިފައިވަނީ ކުރީގެ އޮޕަރޭޝަން ޓިއޭޓަރުގެ ގޮތުގައި ބޭނުންކުރި ސަރަހައްދާއި މިހާރު ލޭބަރު ރޫމެއްގެ ގޮތުގައި ބޭނުންކުރާ ތަނުގަ އެވެ.

މިހާރު ލޭބަރ ރޫމްގެ ގޮތުގައި ބޭނުންކުރަމުންދަނީ އާދައިގެ ރޫމެއްގަ އެވެ. ސީއެސްއެސްޑީ ޔުނިޓްގެ ހިދުމަތަކީ އޮޕަރޭޝަންކުރަން ބޭނުންކުރާ ތަފާތު ވަސީލަތްތަކާއި އެކަމާ ގުޅުން ހުރި ބައެއް ސާމާނުތައް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ސާފުކޮށް ރައްކާތެރިކަމާއެކު ބަހައްޓަން ބޭނުންކުރާ ތަނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293