twitterviber whatsapp telegramfacebookyoutube instagram
17th September 2026

ކުރިނބީ ސްކޫލުގައި 5 ކުލާސް ރޫމާއި ސްޓާފް ރޫމް އަޅަން ބަޔަކާ ހަވާލުކޮށްފި

Oct 23, 2019

ހދ. ކުރިނބީ ސްކޫލުގެ 5 ކުލާސް ރޫމާއި ސްޓާފް ރޫމް އިމާރާތްކުރުމަށް ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މިކަމަށްޓަކާ މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒެވެ. ވީ އަވަރ އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އޮފީސް މެނޭޖަރު ފާތިމަތު ލައިސާ ލަތީފެވެ.

360 ދުވަސްތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫއުގެ އަގަކީ ހަތަރު މިލިއަން ފަސްލައްކަ ހަތްދިހަ ރުފިޔާ އެވެ. އަންނަ 2020 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ފަހުކޮޅު އިމާރާތް މުޅިން ނިންމާ ބޭނުންކުރަން ފެށޭނެކަމަށް އެ މިނިސްޓްރީ މައުލޫމާތުދެ އެވެ.

މިއީ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293