twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ޕޭސްޓްރީގެ ސަޅި ކޯހެއް، ބައިވެރިން ތިބީ ހިތްހަމަޖެހިފައި!

Oct 26, 2019
1

އާދިލް ސެންޓަރ ފޯ އެންޕަވަރމަންޓް އާއި ކޭކަރީ ބިޒް ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕޭސްޓްރީ ކޯހުގައި 13 ފަރާތެއް ބައިވެރިވި އެވެ. ވިއްސަރަށްވުރެ ގިނަ ތަފާތު އައިޓަމް ހަދަން މި ކޯހުގައި ކިޔަވައިދީފައިވެ އެވެ.

ކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް މިރޭ އެ ސެންޓަރުގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހދ އަތޮޅު ޕޮލިސް ކޮމާންޑަރު ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އައިޝަތު ނިޝާ އަބުދުﷲ މުފީދެވެ.

ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނިޝާ ވިދާޅުވީ މިފަދަ ކޯސްތަކުން ދަސްވާ ކަންތައްތައް އެންމެ ރަނގަޅަށް ބޭނުންކުރުމަށް އެދިލައްވާފަ އެވެ. އެގޮތުން މިއީ އަންހެންވެރިން ގޭގެ ތިބެގެން ވިޔަފާރިއަށްވެސް ކުރެވިދާނެ ވަރަށް ރަނގަޅު މަސައްކަތެއް ފާހަގަކުރެއްވި އެވެ.

މި ކޯހުގައި ބައިވެރިވި ފަރާތެއްކަމަށްވާ ސުޒާނާ ބުނީ މި ކޯހުން ވަރަށް ގިނަ އެއްޗެހި ދަސްވި ކަމަށާއި މިފަދަ އެހެން ކޯސްތަކާ އަޅާ ބަލާއިރު ކޯސް ވަރަށް ރަނގަޅު ކަމަށެވެ.

އެހެން ބައިވެރިޔަކު ބުނީ ކޯހުގައި ކިޔަވައިދެއްވި ޝެފް ދަސްކޮށްދިނީ ހަމައެކަނި ތަކެތި ތައްޔާރުކުރަން އެކަނި ނޫން ކަމަށާއި ކެއްކުމުގެ ބައެއް ޓެކްނިކްތައްވެސް ކިޔަވައިދިން ކަމަށެވެ. ކޯސް ކުރިއަށްދިޔަ ގޮތުން ވަރަށް ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.

ކޯހުގެ ބައިވެރިން ބުނީ ކޯހުގައި ކިޔަވައިދިން ގިނަ ތަކެއްޗަކީ ވަރަށް ތަފާތު މުޅި އާ ބާވަތްތައް ކަމަށެވެ. ކޯހުން ވަރަށް ގިނަ ތަކެތި ދަސްވި ކަމަށެވެ.

ކޯހުގައި ކިޔަވައިދިނީ ޕޭސްޓްރީގެ ދާއިރާގައި 20 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރު ޝެފެކެވެ. މިރަސްމިއްޔާތުގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސްގެ އިތުރުން ހދ އަތޮޅު ކައުންސިލްގެ ރައީސްވެސް ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355