twitterviber whatsapp telegramfacebookyoutube instagram
7th June 2026

ދިރާގުން ފައިބަރ ބްރޯޑްބޭންޑް ހިލޭ ގުޅައިދިނުމުގެ ޕްރޮމޯޝަނެއް ފަށައިފި

ނަބީލާ އިސްމާޢީލް
Oct 29, 2019

އިންޓަނެޓްއަކީ އެއާއި ނުލާ މިހާރު އުޅެން އުނދަގޫ އެއްޗަކަށް މިވަނީ ވެފައެވެ. އެކަމަށް ލުއި ފަސޭހައެއް ގެނެސްދިނުމުގެ ގޮތުން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތާއި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ގެއަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ހިލޭ ރައުޓަރވެސް ލިބިގެންދާނެއެވެ. މި ޕުރޮމޯޝަން ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތް ކަމަށްވެސް އެކުންފުނިން ބުނެއެވެ.

އަދި ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 75 އިންސައްތައަށް މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355