twitterviber whatsapp telegramfacebookyoutube instagram
20th September 2026

އުރީދޫއަށް އާ ޗީފް ފައިނޭންޝަލް އޮފިސަރަކު ހަމަޖައްސައިފި

ނަބީލާ އިސްމާޢީލް
Oct 31, 2019

އުރީދޫ މޯލްޑިވްސް ޕލކ އަށް އާ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޭފުޅަކު ހަމަޖައްސައިފިއެވެ.

އުރީދޫގެ އާ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް އެވެ. ސުރޭޝް މި މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު 17 ވަނަ ދުވަހުން ފެށިގެނެވެ.

ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް ވަނީ ޓެލެކޮމިއުނިކޭޝަން ރީޓެއިލް އަދި މެނުފެކްޗަރިންގ ފަދަ އިންޑަސްޓްރީތަކުގައި މަސައްކަތްކޮށް ފައިނޭންސްގެ ދާއިރާއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާއި އުރީދޫ މޯލްޑިވްސްއާ ގުޅުމުގެ ކުރިން އޭނާ ވަނީ އުރީދޫ ގްލޯބަލް ސަރވިސަސްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި މަސައްކަތްކޮށްފަ ކަމަށް އުރީދޫ އިން ބުނެ އެވެ.

ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް ވަނީ ބާރލާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަރސް ހާސިލުކުރުމުގެ އިތުރުން އޭނާއަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް އިންޑިއާގެ މެންބަރެކެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމާއި ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަން ކުރުމާ ގުޅިގެން ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށް އުރީދޫއިން ބުނެއެވެ. އަދި ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމްގެ އެހީތެރިކަމާއި ލީޑަރޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއިން އިތުރު ކުރިއެރުމާއި ކާމިޔާބީތައް ހޯދާނެކަމުގެ އުންމީދުކުރާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293