twitterviber whatsapp telegramfacebookyoutube instagram
14th September 2026

ނޭކުރެންދޫގައި ޖަލު އެޅުމަށް އަނެއްކާވެސް ބަޖެޓްގައި ހިމަނައިފި

Nov 4, 2019

ހދ. ނޭކުރެންދޫގައި ޖަލެއް ހެދުމަށް އަނެއްކާވެސް ބަޖެޓްގައި ހިމަނައިފި އެވެ. ފުރަތަމަ އެރަށުގައި ޖަލެއް ހެދުމަށް މަސައްކަތް ކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި އެވެ. އެހެންނަމަވެސް މިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި އެރަށުގައި ޖަލު ނޭޅުމަށް ވަނީ ނިންމާފަ އެވެ.

އަންނަ 2020 އަހަރަށް ލަފާކޮށް ރައްޔިތުން މަޖިލީހަށް ހުށަހެޅި ބަޖެޓްގައިވާގޮތުން ނޭކުރެންދޫގައި ޖަލެއް އެޅުމަށް 17 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ނިމި މިޔަ ސަރުކާރުން ނޭކުރެންދޫގައި ޖަލު ނޭޅުމަށް ނިންމުމުން އެރަށުގެ ރައްޔިތުން ވަނީ ހިތްހަމަނުޖެހުންފާޅުކޮށްފަ އެވެ. އޭރު ނޭކުރެންދޫގައި އަޅަން ނިންމީ 300 މީހުގެ ޖާގައިގެ ލުއި ޖަލެކެވެ.

ޖަލު އެޅުމަށްޓަކާ އޭރު ބައެއް މަސައްކަތްތައްވެސް ކޮށްފައިވެ އެވެ. އެގޮތުން ޖަލު އަޅަން ނެގި 21 ހެކްޓަރުގައި ބިމުގައި ހުރި ރުއްގަހަށް ސަރުކާރުން ބަދަލުދީ، ޖަލު އަޅާ ސަރަހައްދު ބެލުމަށް، ހޯމް މިނިސްޓްރީގެ ޓީމުތައް އެކި ފަހަރު މަތިން އެ ރަށަށް ގޮސްފައިވެ އެވެ.

ނަމަވެސް ޖަލު އަޅާ ސަރަހައްދުގެ އިން ވަކިކުރުން ފިޔަވައި އެހެން މަސައްކަތެއް އެތަނުގައި މިހާތަނަށް ކޮށްފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293