twitterviber whatsapp telegramfacebookyoutube instagram
20th April 2024

މެރިޓައިމް އެކަޑަމީން ކުޅުދުއްފުށީގައި ތިންކޯހެއް ފަށަނީ

އިބްރާހިމް ހަމީދު
Nov 6, 2019

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިން ޖެނުއަރީމަހު ކުޅުދުއްފުށީގައި ތިންކޯހެއް ފެށުމަށް ތައްޔާރުވެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މެރިޓައިމް އެކަޑަމީން ކުޅުދުއްފުށީގައި ފަށަން އިއުލާންކޮށްފައިވާ ކޯސްތަކަކީ އެޑްވާންސް ސެޓްފިކެޓް އެންޑް މެނޭޖްމަންޓް ކޯހާއި ޑިޕޮލްމާއިން ލީޑަރޝިޕް މެނޭޖްމަންޓް އަދި އެޑްވާންސް ސެޓްފިކެޓް އިން ބިޒްނަސް އެންޑް މެނޭޖްމަންޓް ކޯހެވެ.

ޖެނުއަރީމަހު ފެށުމަށް ތައްޔާރު ވަމުންދާ މި ކޯސްތައް ފުރިހަމަ ކުރައްވާ ފަރާތްތަކަށް ލިބިގެންދާނީ އެމްކިއު އެޕްރޫވް ސެޓްފިކެޓް ކަމަށް އެކަޑަމީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެޑްވާންސް ސެޓްފިކެޓް އިން ބިޒްނަސް އެންޑް މެނޭޖްމެންޓް ކޯހަކީ ވިޔަފާރިގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފުރިހަމަ ހުނަރާއި މަޢުލޫމާތު ލިބިގެންދާނެކަމަށާއި އަދި އެޑްވާންސް ސެޓްފިކެޓް އިން ހިޔުމަން ރިސޯސްމެނޭޖްމެންޓް ކޯހަކީ އޮފީސްތަކާއި ކުންފުނިތަކުގައި އެޗްއާރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަރަށް މުހިއްމު ކޯހެއްކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިޕޮލްމާއިން ލީޑަރޝިޕް މެނޭޖްމަންޓް ކޯހަކީ ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ އިދާރީ މަސައްކަތުގައި އުޅުއްވާ ބޭފުޅުންނަށް އަމާޒުކޮށް ދިވެހި ބަހުން ކިޔަވައިދިނުމަށް ފަރުމާ ކުރެވިފައިވާ ކޯހެކެވެ.

ތިންކޯހަކީވެސް 1 އަހަރުދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވޭ ކޯސްތަކެއް އެވެ. ޑިޕޮލްމާ ކޯހުގެ ފީއަކީ މަހަކު 2500 ރުފިޔާކަމަށާއި ރެޖިސްޓްރޭޝަންފީއަކީ 500 ރުފިޔާ އެވެ. އެޑްވާންސް ސެޓްފިކެޓް ކޯހުގެ ފީއަކީ މަހަކު 1600 ރުފިޔާއެވެ. އަދި ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 350 ރުފިޔާ ނަގަ އެވެ. މި ކޯސްތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 9141072 ފޯނާއި ގުޅުމުން ލިބިގެންދާނެކަމަށެވެ.

ކޯހުގެ ބައިވެރިވުމުގެ ޝަރުތުތަކަކީ އޯލެވެލް 3 ފާސް ނުވަތަ 2 ފާސް ނުވަތަ އެ ލެވެލް 3 އަދި 4 ގެ ސަނަދެއް އޮތުމާއެކު އުމުރުން 18 އަހަރު ވުމާއެކު 1 އަހަރުގެ މަސައްކަތުގެ ތަޖްރިބާއެކު އަދި އިނގިރޭސި ބަހުން މުއާމަލާތް ކުރަން އެގުމާއި އޯލެވެލް ނިންމާ ގުޅޭ ދާއިރާއަކުން 2 އަހަރުގެ ތަޖުރިބާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355