twitterviber whatsapp telegramfacebookyoutube instagram
21st April 2025

އެސްޓީއޯ އިޔަރ އެންޑް ސޭލް ބޮޑެތި އިނާމުތަކާއެކު ފަށައިފި

ޚަދީޖާ އާދަމް
Nov 18, 2019
1

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އިޔަރ އެންޑް ސޭލް އިއްޔެ އިފްތިތާހު ކޮށްފި އެވެ.

ނޮވެމްބަރު މަހުގެ 17 ން ޑިސެމްބަރުމަހުގެ 31 ގެ ނިޔަލަށް ކުރިޔަށްގެންދާ މި ސޭލްގައި 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބުމުގެ އިތުރުން ބޮޑެތި އިނާމުތަކެއް ލިބުމުގެ ފުރުސަތު ލިބޭނެކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ކުރިޔަށްގެންދާ މި ސޭލްގައި އެއްވަނަ އިނާމަކަށް މި އަހަރު ހުށަހަޅާފައިވަނީ ދެ މީހަކަށް ހުރުމާއިއެކު ޗެއްނާއީ ދެކޮޅު ޓިކެޓެވެ. ދެވަނަ އިނާމަކަށް ފުވައްމުލަކު ދެކޮޅު ޓިކެޓް ދެ މީހަކަށް ހުރުމާއެކު ލިބިގެންދާއިރު ތިންވަނަ އިނާމަކީ އައިފޯން 11އެކެވެ.

އެސްޓީއޯގެ ހުރިހާ ފިހާރަތަކެއް ހިމެނޭގޮތަށް ކުރިޔަށްގެންދާ މި ސޭލް އިފްތިތާހުކޮށްދެއްވީ އެސްޓީއޯގެ ރިސްކް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ މުހައްމަދު މުރާދުއެވެ.

މި އަހަރުގެ އިޔަރ އެންޑް ސޭލްގެ ޕާޓްނަރަކީ މޯލްޑިވިއަންއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355