twitterviber whatsapp telegramfacebookyoutube instagram
4th October 2022

އޮންލައިންކޮށް ވޯކް ވިސާއަށް ހުށައެޅޭ ގޮތް ހަދައިފި

ނަބީލާ އިސްމާޢީލް
Nov 19, 2019

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އޮންލައިންކޮށް ވޯކް ވިސާއަށް ހުށައެޅޭ ގޮތް މޯލްޑިވްސް އިމިގްރޭޝަނުން ހަދައިފި އެވެ. އިމިގުރޭޝަނުން ޓްވިޓާގައި އާންމުކުރި ގޮތުގައި އޮންލައިންކޮށް ވޯކް ވީސާ އަށްހުށައަޅާ މީހުން އެ އޮފީހަށް ދާންޖެހެނީ ހަމައެކަނި ހުށައަޅާ ހުރިހާ ލިޔެކިއުންތަކެއް އެތަނުން ބަލައިގަތުމަށް ފަހު ޕާސްޕޯޓްގައި ވީސާ ޖަހަން އެ އޮފީހަށް ޕާސްޕޯޓް ހުށައެޅުމަށާއި ވީސާ ޖެހުމުން ޕާސްޕޯޓް ނަގަން ކަމަށެވެ.

އޮންލައިން ކޮށް ވީސާ އަށް ހުށަހެޅޭނީ އެކްސްޕެޓް އޮންލައިން ސިސްޓަމަށް ލޮގިން ވުމަށް ފަހު އާ ވީސާއަކަށް އެދި ހުށަހެޅުމުންނެވެ. ވީސާ ހޯދުމާ ގުޅޭ ހުރިހާ ލިިޔެކިޔުންތަކެއް އޮންލައިންކޮށް ހުށަހެޅުމަށް ފަހު ވީސާ ކާޑަށް ފައިސާ ދައްކަން ޖެހޭނީ ވެސް އޮންލައިން ކޮށްކަމަށާއި އިމިގްރޭޝަނުން ބުނި ގޮތުގައި ކޮންމެ އެޕްލިކޭޝަން ޕްރޮސެސްކުރަން 24 ގަޑިއިރު ނަގާނެ ކަމަށެވެ.

އިމިގުރޭޝަނުން ވީސާއާ އެކު ހުށައަޅާ ލިޔެކިއުންތައް ސައްހަތޯ ބަލާނެ ކަމަށާއި ލިޔުން ތަކުގެ ސައްހަކަން ޔަގީންކުރުމުން ވީސާގެ ސްޓޭޓަސް "ރެޑީ ފޮ ސަބްމިޝަން" އަށް ބަދަލުވާނެއެވެ. އެއަށް ފަހު ޕާސްޕޯޓްގައި ވީސާ ޖެހުމަށް އެޕޮއިންޓްމަންޓް ހައްދަން ޖެހޭނެ ކަމަށާއި ޕާސްޕޯޓު ހުށަހަޅާތާ ތިން ދުވަސް ފަހުން ވީސާ ޕްރޮސެސްވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ޕާސްޕޯޓު އަނބުރާ ލިބޭނީ އެ ބަލާ ދާން ވެސް އެޕޮއިންޓްމެންޓެއް ހެދުމުންނެވެ.

ކަމާ ބެހޭ ފަރާތް ތަކުން ލަފާކޮށްފައިވާ ގޮތުން 63000 ބިދޭސީން ރާއްޖޭގައި އުޅޭއިރު ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގާނޫނުގެ އިމުގެ ތެރެއަށް ގެންނައުމުގެ ޕްރޮގްރާމެއް މިހާރު އަންނަނީ ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355