twitterviber whatsapp telegramfacebookyoutube instagram
20th March 2026

ނެޓްބޯޅަ އެސޯސިއޭޝަނުގެ ދެ ކޯހެއް އަންނަމަހު ކުޅުދުއްފުށީގައި

Nov 26, 2019

ރާއްޖޭގެ ނެޓް ބޯޅަ އެސޯސިއޭޝަންގެ ފަރާތުން ޑިސެންބަރު މަހު ދެ ކޯހެއް ކުޅުުއްފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދެ ކޯހަކީ ބޭސިކް ނެޓްބޯޅަ ކޯޗިން އަދި އަމްޕަޔަރުން ތަމްރީން ކުރާ ކޯސްތަކެކެވެ.

މި ދެ ކޯހަކީ އެ އެސޯސިއޭޝަނުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޒޯން އިންޓަރސްކޫލް ނެޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ދެ ކޯހެވެ. އެގޮތުން ކުޅުދުއްފުށީގައި ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހު 27 ން 30 ށެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ މި ކޯސްތަކަކީ ހަމައެކަނި ކުޅުދުއްފުއްޓަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ކޯސްތަކެއް ނޫންކަމަށެވެ. ކޯސްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މާދަމާ 14:00 ގެ ކުރިން ކުޅުދުއްފުށި ކައުންސިލް ނަންބަރު 6528831 ގުޅުއްވާ ނަންނޯޓު ކުރެވޭނެ އެވެ.

އެ އެސޯސިއޭޝަނުން މިހާރުވެސް ދަނީ މާލޭގައި ބޭސިކް ނެޓްބޯޅަ ކޯޗިން އަދި އަމްޕަޔަރުން ތަމްރީނު ކުރާ ކޯސްތަކެއް ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355