twitterviber whatsapp telegramfacebookyoutube instagram
9th December 2019

ޖަލާލުއްދީން ސްކޫލް ޓްރޭޑްފެއަރ މިމަހު ތިނަކަށް އިތުރުކޮށްފި

Dec 1, 2019
1

ޖަލާލުއްދީން ސްކޫލުގެ ޕީޓީއޭއިން އިންތިޒާމުކޮށްގެން ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ވިޔަފާރިވެރިންގެ މައުރަޒުގެ މުއްދަތު އިތުރުކޮށްފި އެވެ.

މިދިޔަ ނޮވެމްބަރުމަހު 28 ފެށިގެން މިމަހުގެ ދެވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި މައުރަޒުގެ މިހާރު ކުރިއަށްދާނީ މިމަހު ތިންވަނަ ދުވަހުގެ ނިޔަލަށެވެ.

މައުރަޒު އިންތިޒާމުކުރާ ޖަލާލުއްދީން ސްކޫލުން ބުނީ އެއްދުވަހަށް މުއްދަތު އިތުރުކުރީ މިއަދު ކުރި ވިއްސާރައާ ގުޅިގެން ކަމަށެވެ.

މިފަހަރުގެ މައުރަޒުގައި 17 ވިޔަފާރިއަކުން ބައިވެރިވެފައިވާއިރު މިއަހަރުގެވެސް މުނިފޫހިފިލުމުގެ ހަރަކާތެއްގެ ގޮތުން ބިރުވެރި ހޮހޮޅަ އޮވެ އެވެ.

އެއްތަނަކުން ގިނަ އަދަދެއްގެ ތަކެތި އަގުހެޔޮކަމާއެކު ލިބެން ހުންނަ މި މައުރަޒު މިދިޔަ އަހަރުވެސް ވަރަށް ކާމިޔާބުކަމަށް ވިޔަފާރިވެރިން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355