twitterviber whatsapp telegramfacebookyoutube instagram
11th September 2026

ކޮކާކޯލާގެ 10 މޮކްޓެއިލްއެއް ރާއްޖެއަށް ތައާރަފުކޮށްފި

ނަބީލާ އިސްމާޢީލް
Dec 10, 2019

ކޮކާކޯލާ ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭ ދިހަ މޮކްޓެއިލް އެއް ކުންފުނިން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

ސޯލްޓް ކެފޭގައި ބޭއްވި ހަފްލާއެއްގައި މި ބުއިންތައް ހަދާނެ ގޮތްދައްކައިދިނީ އެކި ބުއިންތައް އުފައްދާ މިކްސޮލޮޖިސްޓެއް ކަމަށް ވާ ސަސަންކާ އެވެ. މި ހަފްލާގައި އޭނާ ވަނީ ރާއްޖޭގެ އެކި ކެފޭ ރެސްޓޯރެންޓުގެ މީހުންނަށް މި ބުއިންތައް ހަދާނެ ގޮތް ކިޔައިދީފަ އެވެ.

ކޮކާ ކޯލާއިން ތައާރަފު ކުރި ބައެއް ބުއިންތަކުގެ ތެރޭގައި ސްޕައިސީ ޗޮކްލެޓް ކޯލާ، ސްޕްރައިޓް ޕަމަގްރެނެޓް، މެލަން މިންޓް ކޫލާ، ލޯންގް އައިލެންޑް އައިސް ޓީ، ޔުނިކޯން ލެމަނޭޑް، ކްލެއަވޮއެންސް ގެ އިތުރުން ކެރިިއަން ސަންސެޓް މޮކްޓޭލް އާއި ސޯލްޓެޑް ކެރެމަލް ކޯކް ހިމެނެ އެވެ.

މި ބުއިންތައް ތައާރަފުކުރަން ބޭއްވި ހަފްލާގެ ބައިވެރިންނަށް ހާއްސަ ކްލާހެއް ވަނީ ނަގައިދީފަ އެވެ. މި ސެޝަން ނިންމި ކެފޭ ރެސްޓޯރެންޓުތަކުގެ މީހުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ. މި ހަފްލާގައި ރާއްޖޭގެ ގިނަ އަދަދެއްގެ ކެފޭ ރެސްޓޯރެންޓުތަކުން ބައިވެރިވެފައި ވެއެވެ.

ކޮކާ ކޯލާއިން ބުނީ އެކުންފުނީގެ މި އުފެއްދުންތައް ވަރަށް އަވަހަށް ރާއްޖޭގެ އެކި ރެސްޓޯރެންޓުތަކުން ލިބެން ހުންނާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293