twitterviber whatsapp telegramfacebookyoutube instagram
8th May 2024

ދިރާގުގެ އެމްބެސެޑަރ ސާއިދުގެ ކާމިޔާބީ އެ ކުންފުނިން ފާހަގަކޮށްފި

ނަބީލާ އިސްމާޢީލް
Dec 12, 2019

ދިރާގުގެ އެމްބެސެޑަރު ހަސަން ސާއިދު މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރަން މެޑަލް ހޯދުމުން އެކަން ފާހަގަ ކުރުމުގެ ގޮތުން އިނާމެއްގެ ގޮތުގައި އެ ކުންފުނިން އޭނާ އަށް އެއްލައްކަ ރުފިޔާ މިއަދު ދީފި އެވެ.

މި ފައިސާ އޭނާއާ ހަވާލު ކޮށްދެއްވީ ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ރޮބިން ވޯލް އެވެ.

މިއަދުގެ ހަފްލާ އަށް ސާއިދު ދިއުމުން ދިރާގުން އޭނާ އަށް މަރުހަބާ ކީ އޮރެންޖު ކާޕެޓެއްގަ އެވެ. އެއް ލައްކަ ރުފިޔާގެ އިތުރުން ވާވޭ މޭޓް 20 މެކްސް ފޯނަކާއި ވާވޭ މެޓް ޖީ ހޭންޑްސެޓެއް ވެސް ދިރާގުން ސާއިދަށް ވަނީ ދީފައެވެ. އަދި 5ޖީ ޑޭޓާޕެކެއް ވެސް އޭނާ އަށް އެ ކުންފުނިން ދިނެވެ.

ދިރާގުގެ ބްރޭންޑް އެންޑް މާކެޓިންގެ ސީނިއާ މެނޭޖަރު މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ހޯދި ކާމިޔާބީއާ މެދު އެ ކުންފުނިން ފަހުރުވެރިވާ ކަމަށެވެ.

ސާއިދު 100 މީޓަރު ދުވުމުން މި ފަހަރު ހޯދި ރަން މެޑެލްއަކީ ސައުތު އޭޝިއަން ގޭމްސްގެ ތާރީހުގައި ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑެލް އެވެ. އަދި އޭނާ ވަނީ މި ފަހަރު 200 މީޓަރު ދުވުމުން ލޯ މެޑެއްޔެއް ވެސް ހޯދައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355