twitterviber whatsapp telegramfacebookyoutube instagram
7th June 2026

އެސްޓީއޯއިން ނިޕޯން ކުލަ ގަތުމުން ކުލަ ލައިދިނުން ހިލޭ

Dec 15, 2019
1

އެސްޓީއޯއިން ވިއްކާ ނިޕޯން ކުލަ ގަތުމުން ކުލަ ލައިދިނުމުގެ ހިދުމަތް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ފަށައިފިއެވެ.

އެގޮތުން ކުލަ ލުމުގެ ހިދުމަތް އިފްތިތާހު ކުރުމުގެ ގޮތުން އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ފުރަތަމަ ކުލަލައިދީފައިވަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ ފިޔަވަތީގައެވެ. ފިޔަވައްޗަށް ބޭނުންވާ ކުލަ ދިނުމުގެ އިތުރުން ކުލަލައިދެނީވެސް އެސްޓީއޯއިންނެވެ.

މަގުބޫލު ބްރޭންޑެއްގެ ގޮތުގައި ރާއްޖޭގައި ވިއްކަމުންދާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ނިޕޯން ޕެއިންޓް ގަތުމުން ކުލަ ލައިދިނުމުގެ ހިދުމަތް ފައްޓަވައިދެއްވީ ނިޕޯން ޕެއިންޓް ސިންގަޕޯގެ، ސީނިއަރ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެކްސްޕޯޓް މރ. ހެންރީ އަންގ އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ލަފަޔާ އެއްގޮތަށް ނިޕޯން ކުލަ ލުމުން 12 މަސްދުވަހުގެ ވޮރަންޓީ ލިބިގެންދާނެއެވެ.

އެސްޓީއޯއިން ނިޕޯން ޕެއިންޓް ގަތުމުން ކުލަ ލައިދިނުމުގެ ހިިދުމަތް ފަށާފައިވާއިރު އެ ހިދުމަތާއެކު ފާރުގެ ހާލަތު ދެނެގަތުމާއި "ކަލަރ ސްކީމް" އިހްތިޔާރު ކުރުމުގައި ލަފާދިނުންވެސް ހިމެނެއެވެ.

މީގެ އިތުރުން ކުލަލާއިރު އިމާރާތުގެ ތެރޭގައި ހުންނަ ތަކެތި އަދި ފްލޯރިންގ ކުލައިން ރައްކާތެރިކޮށްދިނުމާއި ކުލަލުމަށްފަހު ފަރުނީޗަރާއި ތަކެތި އަލުން އަތުރައިދިނުން ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355