twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޓްރިޕް އެޑްވައިޒާއެކު ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕޭނެއް ފަށައިފި

ޚަދީޖާ އާދަމް
Dec 17, 2019

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރާއްޖެ ޕްރޮމޯޓް ކުރުމުގެ ހާއްސަ ސޯޝަލް ޓްރެވަލް ވެބްސައިޓް ޓްރިޕް އެޑްވައިޒާއާއި އެކު ފަށައިފި އެވެ.

މި ކެމްޕޭންގެ ތެރޭގައި ރާއްޖެއަކީ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްލަން އެންމެ ބޭނުންވާ ގައުމުގެ ގޮތުގައި އިޝްތިހާރުކުރެވިގެންދާނެއެވެ.

އެގޮތުން މި ކެމްޕޭން އަމާޒުކޮށްފައިވަނީ އިނގިރޭސިވިލާތް، ސައުދީ އަރަބިއްޔާ ރަޝީޔާ، އިންޑިއާ، އިޓަލީ، އަދި ޗައިނާއަށެވެ. މި ކެމްޕޭނުގައި ރާއްޖޭގެ ގުދުރަތީ ރީތިކަން އަދި ރާއްޖޭގައި ކުރެވިދާނެ ތަފާތު ކަންތައްތައް ފަތުރުވެރިންނަށް ދައްކުވައިދެއެވެ.

މީގެ ކުރިންވެސް އެމްއެމްޕީއާރުސީން ވަނީ ރާއްޖެ އިޝްތިހާރު ކުރުމަށް އެކި ކެމްޕޭން ކުރިއަށް ގެންގޮސްފައެވެ. އަދި މިއަހަރުވެސް މީގެ 17 ޖޮއިންޓް ކެމްޕޭން ކުރިއަށް ގެންދިޔައެވެ.

އެގޮތުން 23 މާކެޓަކަށް އަމާޒުކޮށްގެން ރޯޑްޝޯތަކާއި ފެއާތަައް ބޭއްވުމުގެ އިތުރަށް ޑިޖިޓަލް ޕްލެޓްފޯމުގައި އޮންލައިންކޮށްވެސް ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ މަސައްކަތްތަކެއް އެމްއެމްޕީއާރްސީން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް ވަނީ 14.5 އިންސައްތަ އިތުރުވެފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް ޓްރެވަލް ވެބްސައިޓް ޓްރިޕް އެޑްވައިޒާއަކީ 315 މިލިއަނަށްވުރެ ގިނަ ވިއުވާސްއާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހޮޓާތަކާއި ރެސްޓޯރަންޓު އަދި ރިސޯޓުތަކުގެ ރިވިއު ހިމެނޭ ވެބްސައިޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355