twitterviber whatsapp telegramfacebookyoutube instagram
9th March 2026

ކޮމާޝަލް ބޭންކުގެ ކަސްޓަމަރުންނަށް ދިރާގު ޕޭ ތައާރަފުކޮށްފި

Dec 17, 2019

ދިރާގާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ގުޅިގެން އެ ބޭންކުގެ ކަސްޓަމަރުންނަށް ދިރާގު ޕޭ ވޮލެޓްތަކަށް ކަސްޓަމަރުގެ ބޭންކިން ޕޯޓަލް މެދުވެރިކޮށް ފައިސާ އެޅުމުގެ ހިދުމަތް ތައާރަފުކޮށްފިއެވެ.

މިއީ ރާއްޖޭގައި އަލަށް ބޭންކް އަކާއި ދިރާގު ޕޭ ފަދަ އިލެކްޓްރޯނިކް ވޮލެޓެއް އިތުރު އެޕްލިކޭޝަނެއް ނުވަތަ ޕޭމަންޓް ގޭޓްވޭއެއް މެދުވެރި ނުކޮށް ކޭޝް އިން ކުރެވޭނެ ގޮތުގެ އިންތިޒާމެއް ގާއިމުކޮށްދިން ފުރަތަމަ ފަހަރު ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

އަދި މިއީ ކޮމާޝަލް ބޭންކް ފަދަ މާލީ މުވައްސަސާތަކާ އެކު ދިރާގުން އޮންނަ ގުޅުން ބަދަހިކޮށް މުސްތަގްބަލުގައި "ކޭޝްލެސް" މުޖުތަމައެއް ބިނާކުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށްވެސް ދިރާގުން ބުނެއެވެ.

ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު ދިރާގުން ތަޢާރަފުކުރި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ.

މި ހިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 230 މާޗެންޓުން ފޯރުކޮށްދެއެވެ. އަދި އެ ފަދަ މާޗެންޓް ތަކުން ދިރާގުޕޭ ގެ ކަސްޓަމަރުންނަށް އެ ހިދުމަތް ބޭނުން ކުރައްވައިގެން ކުރައްވާ ވިޔަފާރި ތަކަށް 10 ޕަސެންޓާ 50 ޕަސެންޓާ އާއި ދެމެދުގެ ޑިސްކައުންޓު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355