twitterviber whatsapp telegramfacebookyoutube instagram
19th February 2026

ކެއުމުގައި ގިނައިން ބޭނުންކުރަންވީ މިރުސް

Dec 22, 2019

ކުޅިކޮށް ކެއުމަކީ ގިނަ ދިވެހިންގެ އާދައެކެވެ. އަދި ދިވެހި ކެއުންތަކަކީވެސް ކުޅިރަހައާއި ނުލާ ފުރިހަމަ ނުވާނެ ކެއުންތަކެކެވެ.

ދާދި ފަހުގެ ދިރާސާއަކުން ދެއްކި ގޮތުގައި ކުޅިކޮށް ކެއުމަކީ ސްޓްރޯކް އަދި ހާޓްއެޓޭކު ޖެހުމުން ދުުރުކޮށްދޭ ކަމެކެވެ. މީގެ ކުރިންވެސް މިކަމަށް އެކި ދިރާސާތައް ކޮށްފައިވާއިރު ފަހުގެ ދިރާސާއިން މިކަމަށް އިތުރަށް ބާރު ލިއްބައިދެއެވެ.

މި ދިރާސާއިން ބުނާގޮތުގައި މިރުސް، ޕެޕާފަދަ ކުޅި ރަހަ ލިއްބައިދޭ ބާވަތްތައް ކެއުމުގައި ހިމެނުމަކީ ހިތުގެ ބަލިތަކުން ދުރުކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރާކަމަށެވެ.

އެތައް ބަޔަކު ބައިވެރިކޮށްގެން ގާތްގަނޑަކަށް 8 އަހަރެއްހާ ދުވަހު ކުރިއަށް ގެންދިޔަ މި ދިރާސާއިން ދެއްކި ގޮތުގައި ކެއުމުގައި މިރުސް ބޭނުން ކުރާމިހުން ހާޓް އެޓޭކް ޖެހިގެން މަރުވާ ނިސްބަތަކީ ސާޅިސް ޕަސެންޓެވެ.

މި ދިރާސާ ކޮށްފައިވަނީ 23،000 މީހުން ކެއުމުގައި ގެންގުޅޭ ގޮތްތަކަކަށް ބަލައިގެންނެވެ. އެގޮތުން ބައެއް މީހުންނަކީ ކެއުމުގައި ހަފްތާއަކު މަދުވެގެން 4 ދުވަހު މިރުސް، ޕެޕާފަދަ ކުޅި ރަހަ ލިއްބައިދޭ ބާވަތްތައް ކެއުމުގައި ހިމަނާ މީހުންނެވެ.

މި ދިރާސާއަށް ފަހު މިރުހާ ބެހޭގޮތުން ބައޮކެމިކަލް މެކެނިޒަމް ދިރާސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދިރަސާގައި މިރުހުން އަހަރެމެންގެ ސިއްހަތަށް އެހާ ފައިދާ ވަނީ ކީއްވެކަން ދެނެގަނެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355