twitterviber whatsapp telegramfacebookyoutube instagram
1st April 2026

"ޗަޕާކު"ގެ ޝޫޓިން ތެރޭ ޑިޕްރެޝަނާ ކުރިމަތިލާޖެހުން

ޚަދީޖާ އާދަމް
Dec 23, 2019

ދިޕިކާ ޕަދުކޯން ކުރިއަށް އޮތް ފިލްމު "ޗަޕާކު" ގައި ކުޅުނު ރޯލަކީ މިހާތަނަށް ކުޅުނު އެންމެ އުނދަގު ރޯލުކަމަށް ބުނެފި އެވެ.

މީގެ ކުރިންވެސް ޑިޕްރެޝަނަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާކޮށްފާ އެކްޓަރު ބުނީ މި ފިލްމުގެ ޝޫޓިންގެ ތެރޭގައި އަނެއްކާވެސް ޑިޕްރެޝަނާއި ކުރިމަތިލާން ޖެހުންކަމަށެވެ.

މި ފިލްމުގައި ދިޕިކާ ކުޅެފައިވަނީ އެސިޑް އެޓޭކެއްގެ ސިކާރައަކަށް ވި މޭގްނާ ގުލްޒާރުގެ ކެރެކްޓާއެވެ.

މި ފިލްމުގެ ޓްރެއިލާ ލޯންޗު ކުރުމުގެ ހަފްލާގައި ދިޕިކާ ބުނީ އޭނާގެ ކައުންސެލާ ފިލްމުގެ ސެޓްގައި ވެސް ހަރަކާތްތެރިވި ކަމަށާއި ޝޫޓިންގެ ވަގުތު އޭނާގެ އިހްސާސްތައް ކޮންޓްރޯލް ކުރަން އުނދަގު ވި ކަަމަށެވެ.

އަދި ފިލްމުގެ ކުރިންވެސް ނަފްސާނީ ގޮތުން ތައްޔާރުވާން ޖެހުނު ކަމަށައި އެކަމަށް އެކި ޓެސްޓުތައްވެސް ހަދާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ދިޕިކާއަކީ ނަފްސާނީ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ބުރަކޮށް މަސައްކަތް ކުރާ ތަރިއެކެވެ. އަދި އޭނާގެ ޑިޕްރެޝަނާއި ކުރިމަތިލި ގޮތާއި އެ ތަޖުރިބާ ވަނީ އެކި ފަހަރުމަތިން މީޑިއާގައިވެސް ހިއްސާކޮށްފައެވެ. މީގެ އިތުރުން މިފަދަ ބަލިތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފައުންޑޭޝަނެއް ކަމަށް ވާ "ދަ ލިވް ލަވް ލާޕް ފައުންޑޭޝަން" ގެ ފައުންޑާއަކީވެސް ދިޕިކާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355