ބައިނަލްއަގްވާމީ ފެންވަރުގައި ކުޅުދުއްފުށީގެ އިތުރުން ފަސް ރަށެއްގައި އިންޑޯ ބެޑްމިންޓަން ހޯލެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެދުމުގެ މަތިން ހަ ރަށެއްގައި އިންޑޯ ބެޑްމިންޓަން ހޯލެއް އެޅުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެ ހަ ރަށަކީ ޏ. ފުވައްމުލަކާއި، ހދ. ކުޅުދުއްފުއްޓާއި، ގދ. ތިނަދޫއާ، ލ. ގަން އަދި ޅ. ނައިފަރުގެ އިތުރުން ދ. ކުޑަހުވަދޫ އެވެ.
Raees @ibusolih ge sarukaarun badminton kurieruvumah Addu gai alhaafaivaa international standard ge indoor badminton hall, ithuru 6 rashehgai gaaimkurumah gazette kurun.🇲🇻🏸https://t.co/Xah7sFHxc8
— Ahmed Mahloof (@AhmedMahloof) December 23, 2019
HDh.Kulhudhuffushi
Lh. Naifaru
L.Gan
Dh.Kudahuvadhoo
GDh. Thinadhoo
Gn.Fuahmulah
މި މަޝްރޫއުތަކުގެ ކޮންމެ ބީލަމެއްގައި ބައިވެރިވާން 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެ ގޮތުން ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ކޮންމެ މަޝްރޫއެއްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 40،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާލާ ތާރީހުން ފެށިގެން 148 ދުވަހެވެ. ބީލަންތައް ހުޅުވުން އޮންނާނީ 09 ޖަނަވަރީ ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.
ހަ ރަށެއްގައި އިންޑޯ ބެޑްމިންޓަން ހޯލެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފައިވާއިރު 6.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން އައްޑޫ ސިޓީ ހިތަދޫގައި ގާއިމްކުރި ބެޑްމިންޓަން ކޮމްޕްލެކްސް މި އަހަރުގެ އޮކްޓޯބަރ މަހު ހުޅުވާފައިވާއިރު އެތަން ހަދާފައިވަނީ ހަތަރު ބެޑްމިންޓަން ކޯޓު އެކުލެވޭ ގޮތަށެވެ.