twitterviber whatsapp telegramfacebookyoutube instagram
24th April 2024

އެސްޓީއޯއިން ކޮންސްޓްރަކްޝަން ދާއިރާގެ އާ ޕްރޮޑަކްޓެއް ބާޒާރަށް ނެރެފި

ނަބީލާ އިސްމާޢީލް
Dec 25, 2019

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން ( އެސްޓީއޯ) އިން އިމާރާތްކުރުމުގެ ދާއިރާއަށް ލުއިފަސޭހަތަކެއް ގެނެސްދިނުމުގެ ގޮތުން އާ 3 އުފެއްދުމެއް ބާޒާރަށް ނެރެފި އެވެ.

މީގެ ތެރޭގައި ހިމެނޭ ފާހަގަކޮށްލެވޭ އެއް ޕްރޮޑަކްޓަކީ "ރެނާކޮން އޮޓޮކްލޭވް ކޮންކްރީޓް ބްލޮކް"އެވެ. ރާއްޖޭގައި އާއްމުގޮތެއްގައި އުފައްދާ އެޅިގާ ނުވަތަ ސޮލިޑް ބްލޮކްތަކާއި ހިލާފަށް ރިސައިކަލް ކޮށްފައިވާ ތަކެތިން އުފައްދާފައިވާ ތިމާވެއްޓާއި ރައްޓެހި މިއުފެއްދުމަކީ އިމާރާތުގެ ސްޓްރަކްޗަރއަށް ކުރާ ހަރަދު ކުޑަކޮށްދީ މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށް އެހީތެރިވެދޭނެ ޕްރޮޑަކްޓެކެވެ. ތާމަލް އިންސިއުލޭޝަން ހިމެނޭ، 2 ފޫޓު ދިގުމިނުގެ މިބްލޮކް ބޭނުންކޮށްގެން ހަދާ އިމާރާތްތަކުގެ ކަރަންޓަށް ކުރާ ހޭދަ 20 އިންސައްތައަށް ކުޑަކޮށްދެއެވެ.

ރެނާކޮން އޮޓޮކްލޭވް ކޮންކްރީޓް ބްލޮކާއިއެކު މި ބްލޮކް ބޭނުންކޮށްގެން ރޭނުމަށްޓަކައި ބޭނުންކުރާ "ރެނާބޮންޑް ޖޮއިނިން މޯޓަރ"ވެސް އެސްޓީއޯއިން މިއަދު ވަނީ ތައާރަފް ކޮށްފައެވެ. ސިމެންތިއާއި ވެލި އެއްކޮށްގެން އުފައްދާ މޯޓަރތަކާއި ހިލާފަށް ރެނާބޮންޑް ޖޮއިނިން މޯޓަރަކީ، ބޭނުންވާ މިންވަރަށް ފެންއެޅުމަށްފަހު ވަގުތުން ބޭނުންކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓެކެވެ.

ރާއްޖޭގެ ބާޒާރުގައި ހިމުންވެލި ލިބުމަށް ދަތިވެފައިވާތީ އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އެސްޓީއޯއިން ވަނީ ރެޑީމިކްސް ޕްލާސްޓަރ ސޮލިއުޝަންއެއް ތައާރަފް ކޮށްފައެވެ. "ރެނާޕްލާސްޓް ރެޑީމިކްސް ޕްލާސްޓާ"ގެ ނަމުގައި ތައާރަފް ކޮށްފައިވާ މިޕްރޮޑަކްޓް ބޭނުން ކުރުމުން ހަރަދު ކުޑަ ގޮތަކަށް ޕްލާސްޓަރިންގގެ މަސައްކަތް ނިންމާލެވުމުގެ އިތުރުން އިމާރާތުގެ ފިނިޝިންގ އަށްވެސް އިތުރު ފުރިހަމަކަމެއް ގެނަސްދެއެވެ.

މާލެއާއި ހުޅުމާލޭގައި ރެޑީމިކްސް ކޮންކްރީޓްގެ ހިދުމަތް ފޯރުކޮށް ދިނުމުގެ އިތުރުން އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް ބޮޑަށް ފާހަގަ ކުރެވިފައިވަނީ އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ މުހިއްމު އައިޓަމްތައް ވަރަށް ހެޔޮއަގުގައި އާއްމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355