ފަތުރުވެރިކަމުގެ ސިނާއަތުގެ ފުރިހަމަ މަންފާ ރާއްޖޭއަށް ލިބުމަށްޓަކާ އެންމެ މުހިންމު ކަމަކީ އެ ސިނާއަތުގެ އާންމުދަނީ ގިނަ ރައްޔިތުންނަށް ބެހިގެން ދިޔުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައިމިވަނީ ދާދި ފަހުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސާވިސް ޗާޖާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅު ހޫނުވެފައިވާ ދަނޑިވަޅެއްގައި އެވެ. އެ ބައްދަލުވުމުގައި އޭނާ ވިދާޅުވެފައިވަނީ ރިސޯޓްތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި މައިގަނޑުކޮށް ދެނީ ރަނގަޅު މިންވަރެއް ކަމަށެވެ.
އެއާއެކު އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފާޑުކިޔުން އަލީ ވަހީދަށް ވަނީ އަމާޒުވެފައި އެވެ. އަދި އޭނާގެ އިސްތިއުފާއަށްވެސް ދަނީ ގޮވާލަމުންނެވެ.
ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ފުރިހަމަ މަންފާ ރާއްޖޭއަށް ލިބުމަށްޓަކާ އެންމެ މުހިންމު ކަމަކީ އެ ސިނާއަތުގެ އާންމުދަނީ ގިނަ ރައްޔިތުންނަށް ބެހިގެން ދިޔުން ކަމަށާ، އެކަމަށްޓަކާ އެންމެ ފުރަތަމަ ބަދަލުވާން ޖެހޭ ކަމަކީ ރިސޯޓް މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖް ކަމަށެވެ.
އަދި އެ މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖް ޖުމްލަކޮށް މިހާރަށްވުރެއް ހަރުދަނާކުވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Minister @ali20waheed Ekamattakaa kuravvaa masahkayi varah gaathun dheken, adhi siyaasee maidhaanugai emanikfaanaa eku kurevunu thajuribaage aleega aammu rayyithunge jumla maslahathu emanikfaanu nagahattavaanekan engey.
— Imran Abdulla (@ShimranAb) December 28, 2019
އެކަމަށްޓަކާ މިނިސްޓަރު އަލީ ވަހީދު ކުރައްވާ މަސައްކަތް ވަރަށް ގާތުން ދެކި އަދި ސިޔާސީ މައިދާނުގައި އެމަނިކުފާނާއެކު ކުރެވުނު ތަޖުރިބާގެ އަލީގައި އާންމު ރައްޔިތުންގެ ޖުމްލަ މަސްލަހަތު އެމަނިކުފާނު ނަގަހައްޓަވާނެކަން އެނގިވަޑައިގަންނަވާކަމަށްވެސް އިމްރާނުގެ ޓްވީޓްގައިވެ އެވެ.