twitterviber whatsapp telegramfacebookyoutube instagram
20th February 2026

ކައުންސިލް އިންތިހާބުގެ ކުރިން ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބޭނެކަމުގެ އިޝާރާތެއް ޔާސިރު ދެއްވައިފި

Dec 29, 2019
5

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގެ ރައްޔިތުން ވޯޓުލާނީ ސިޓީ ކައުންސިލެއް އިންތިހާބުކުރުމަށްކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ސިޓީއަކަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވެ އަދި އެހެން ސިޓީތަކުން ލިބޭ ފެންވަރުގެ ހިދުމަތް ކުޅުދުއްފުށިން ލިބޭއިރު ސިޓީގެ ދަރަޖަ ނުލިބި ލަސްވަމުންދާތީ އެރަށުގެ ރައްޔިތުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އަދި އަންނަ ކައުންސިލުން އިންތިހާބު ބޮއިކޮޓްކުރުމަށްވެސް އަންނަނީ ގޮވާލަމުންނެވެ.

ޔާސިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގެ ރައްޔިތުން ވޯޓްލާނީ ސިޓީ ކައުންސިލްއެއް އިންތިހާބުކުރުމަށް ކަމަށެވެ.

"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގެ ރައްޔިތުން ވޯޓުލާނީ ސިޓީ ކައުންސިލެއް އިންތިހާބުކުރުމަށް. އެމްޑީޕީއަކީ ވައުދުވާ އަދު ވައުދު ފުއްދާ ޕާޓީއެއް." ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވާ ޔާސިރު ވިދާޅުވި އެވެ.

އިންތިހާބުގެ ކުރިން ކުޅުދުއްފުށި ސިޓީއެއްގެ ދަރަޖަ ދޭނެކަމަށް އިޝާރާތްކުރައްވަމުން ޔާސިރު ކުރެއްވި މި ޓްވީޓްގައި ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްވަނީ ޝުކުރުއަދާކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355