twitterviber whatsapp telegramfacebookyoutube instagram
20th April 2024

އުރީދޫ އާންމު ހިއްސާދާރުންގެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

Dec 30, 2019
2

އުރީދޫ މޯލްޑިވްސްއިން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލައި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެ މަގާމަށް ކުރިމަތިލާން އެދި ހުށަހަޅާ ފަރާތްތައް އުރީދޫގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމިޓީން ބެލުމަށްފަހު ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ނަންތައް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ އެވެ.

ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ނަންތައް ހިއްސާދާރުންނަށް ފޮނުވާނީ މާޗް 2020 ގައި ބާއްވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާއި އެޖެންޑާއާއެކުގަ އެވެ.

އުރީދޫއިން ކުރި އިއުލާނުގައި ބުނެފައިވަނީ އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ހުޅުވާލާފައިވާ ކަމަށެވެ.

16 ޑިސެންބަރު 2019 ވީ ހޯމަ ދުވަހު ބާއްވާފައިވާ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގައި ހިއްސާދާރުން އިސްލާހު ކުރަން ފާސްކޮށްފައިވާ ކުންފުނީގެ ހިންގާ ގަވާއިދުގެ 110 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރު އެމަގާމުގައި ދެމިހުންނާނީ ޑިރެކްޓަރުކަމަށް އިންތިޚާބުކުރެވޭ އަހަރީ އާންމު ޖަލްސާއިން ފެށިގެން ތިންވަނަ އަހަރީ އާންމު ޖަލްސާގެ ފެށުމާ ހަމައަށެވެ.

އެހެންކަމުން، 2020 ވަނަ އަހަރުގެ މާރިޗު މަހުގައި ބާއްވާ އަހަރީ އާންމު ޖަލްސާގައި އިންތިހާބުކުރާ ޑިރެކްޓަރު އެ މަގާމުގައި ދެމިހުންނާނީ 2022 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާއާ ހަމައަށެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އުރީދޫގެ ވެބްސައިޓް އިން ލިބޭނެއެވެ. އަދި ފިޒިކަލް ފޯމު އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް ހ.ސަންލީޓު 5 ވަނަ ފަންގިފިލާ އިން ހަފްތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 4:30 އަށް ލިބޭނެ ވާހަކަ ދެންނެވީމެވެ. އަދި ފޯމް ހުށައަޅާނީވެސް ހެޑް އޮފީހުގެ 5 ވަނަ ފަންގިފިލާއަށެވެ.

ފޯމު އީމެލް ކުރައްވާނަމަ، [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355