twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކައުންސިލް އިދާރީ ހިންގުން ހަރުދަނާކުރުމަށް މުވައްޒަފުންނަށް މުހިންމު ތަމްރީން ޕްރޮގުރާމެއް ބާއްވައިފި

ނަބީލާ އިސްމާޢީލް
Jan 4, 2020
1

ކުޅުދުއްފުށީ ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާކުރުމުގެ ގޮތުން މުވައްޒަފުންނަށް އަމާޒުކޮށްގެން މުހިންމު ތަމްރީން ޕްރޮގުރާމެއް ކުރިއަށްގެންގޮސްފި އެވެ. ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދިޔައީ "ޕަބްލިކް ފައިނޭންސް އަދި ޕްރޮކިއުމަންޓް ޓްރެއިނިންގ" ޕްރޮގުރާމެކެވެ.

މި ތަމްރީން ޕްރޮގުރާމުގައި ކައުންސިލް އިދާރާ އާއި ކައުންސިލުގެ ދަށުން ހިންގަމުން އަންނަ ޕަބުލިކް ވޯކްސް އަދި އަމީރު އަމީން ސްކޫލުގެ މުވައްޒަފުން ބައިވެރިކޮށްފައިވެ އެވެ. އެގޮތުން އެ މުވައްސަސާތަކުގައި ފައިނޭންސް އަދި ޕްރޮކިއުމަންޓް ދާއިރާއިން ޖުމްލަ 14 މުވައްޒަފަކު ބައިވެރިވެފައިވެ އެވެ.

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އަދި މިނިސްޓްރީ އޮފް ފައިނޭންސްގެ އެހީތެރިކަމާއެކު ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ޓްރެއިނިންގައި ފެސިލިޓޭޓްކޮށްދެއްވީ މިނިސްޓްރީ އޮފް ފިއިނޭންސްގެ ސީނިއަރ ޕެސިލިޓޭޓަރުންނެވެ.

ކާމިޔާބު މިޕްރޮގުރާމް ނިންމާލުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އަފީފުއްދީން ސްކޫލް ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާސިހާ ވަނީ ކައުންސިލަށް އަލަށް ވަޑައިގެންނެވި ޑިރެކްޓަރު އަބުދުﷲ އާދަމް، ކައުންސިލް އިދާރާ ހިންގުން ހަރުދަނާކުރުމަށް ކުރިއަށްގެންދާ ކަންތައްތައް ފާހަގަކޮށް އެކަމަށް ހިތްވަރުދެއްވާފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ މި އަހަރު ކުޅުދުއްފުއްޓަށް އެހެން އަހަރުތަކާ ހިލާފަށް 8 ގުނަ ބޮޑު ބަޖެޓެއް ހަމަޖެހިގެންދާނެކަަމަށާއި މި ތަމްރީން ޕްރޮގުރާމްގެ ކައުންސިލް އިދާރާގެ ފައިސާ އާއި މުދަލާ ބެހޭ ކަންތައްތައް ހަރުދަނާ ވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މި ޓްރެއިނިންގ ޕްރޮގުމްގައި ބައިވެރިންނަށް ކިޔަވައިދެއްވި ޗީފް ޕްރޮކިއުމެންޓް އެގްޒެކްޓިވް އަހުމަދު މުޖުތަބާ ވިދާޅުވީ ގިނަ ބަޔަކު ކުރިމަތި ލައްވާ ކަމެއްގައި ކާމިޔާބު ވާނީ އެއްބަޔަކު ކަމާއި ބަލިވާ މީހުންގެ ކަމަކަށް އޮންނާނީ މައްސަލަ ޖައްސާ އިނގިލި ދިއްކުރުން ކަމަށެވެ. ނަމަވެސް ގާނޫނާއި ގަވައިދުގެ ތެރެއިން ކަންތައް ކުރެވިއްޖެ ނަމަ އިނގިލި ދިއްކުރުމުގެ ފުރުސަތު ނޯނާނެ ކަމަށެވެ. އަދި މިހެން މިކަންތައް ކުރެވޭނީ އެކަމެއް ކުރަން އޮންނަ ގަވައިދާއި ގާނޫނު އެކަންތައް ކުރަން ތިބޭ ބަޔަކަށް ރަނގަޅަށް އެނގިގެން ކަމުގައެވެ.

މިއީ ފާއިތުވި 7 އަހަރުގެ ތެރޭގައި ކުޅުދުއްފުށީ ކައުންސިލުން އިސްނަގައިގެން މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދެވުނު ފުރަތަމަ ތަމްރީން ޕްރޮގުރާމްކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355