twitterviber whatsapp telegramfacebookyoutube instagram
17th August 2026

ހޯރަފުށީގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

ޚަދީޖާ އާދަމް
Jan 8, 2020

ހއ. ހޯރަފުށީގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް އިއްޔެ ފަށައިފި އެވެ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް ފައްޓަވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

ހޯރަފުށީ ކައުންސިލުން ބުނީ އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް ފެށީ އެރަށު ރައްޔިތުންނާއި ހއ. އުލިގަމާއި ތުރާކުނު ރައްޔިތުންގެ އިތުރުން ކައިރި ރިސޯޓްތަކުގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. މި ރަސްމިއްޔާތުގައި އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް ވެސް ބައިވެރިވެ ވަޑައިގަތެވެ.

އެރަށުގެ އާބާދީ މިހާރު އޮތް މިންވަރުން ކޮންމެ ރައްޔިތަކު 30 ގަސް އިންދައިފި ނަމަ އެއް ލައްކައަށް ވުރެ ގިނަ ގަސް އިންދޭނެ ކަމަށާއި ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ދާނީ ހަފުތާ ބަންދު ދުވަސްތަކުގައި ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355