twitterviber whatsapp telegramfacebookyoutube instagram
29th March 2024

ފަތިސް ނަމާދުން ދުވަސް ފެށުމުން މާ ހިތްހަމަޖެހުން ލިބޭ

ނަބީލާ އިސްމާޢީލް
Jan 17, 2020

ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމަކީ ކޮންމެ މުސްލިމަކަށް ވާޖިބެކެވެ. ނަމާދު އަޅާފައި ކުރާ އެއްވެސް ހެޔޮ އަމަލެއް ﷲގެ ހަޟްރަތަށް އުފުލިގެން ނުދާނެ އެވެ.

ނަމާދަކީ އެ އަޅުކަމަކާއި ނުލާ ފުރިހަމަ މުސްލިމަކަށް ނުވެވޭނެ ކަމެއް ކަމުގައި އެނގިތިބެމެ ބައެއް މީހުންނަށް ފަރުވާ ކުޑަކުރެވިފައިވާ އަމަލެކެވެ. ބައެއް ފަރާތް ތަކުން އެހެން ނަމާދުތައް ބަރާބަރަށް ކުރި ނަމަވެސް ފަތިހުގެ އަރާމު ނިދި ނަގާލާފައި ތެދުވަން ބޮޑުކަމަކަށް ވެފައި ތިބެއެވެ. ނަމަވެސް ފަތިސް ނަމާދުގެ ދަރުމައާއީ ސަވާބު އެނގޭ މީހަކު އެއްއަށް ވުރެން އިސްކަމެއް ދޭނެ އެހެން އިތުރު ކަމެއް ނޯނާނެ ކަން ކަށަވަރެވެ.

ފަތިސް ނަމާދަށް ހޭލަން އުނދަގޫނަމަ ކުރެވިދާނެ ބައެއް ކަންތައް ބަލާލަމާ:

1 އަވަހަށް ނިދުން

2 ފޯނު ނުވަތަ ގަޑި ފަތިހަށް އެލާމުކުރުން

3 ވުޟޫ ކޮށްގެން ނިދުން

4 ސުންނަތުން ވާރިދުވެފައިވާ ޛިކުރުތައް ކިޔައިގެން ނިދުން

5 ފަތިސް ނަމާދަށް ތެދުވާނެ ކަމުގެ ވަރުގަދަ އަޒުމުގައި އޮތުން

6 ނިދިން ތެދުވެވޭ އިރަށް މާތްﷲ މަތިން ހަނދުމަކުރުން

7 އާއިލާގެ މެމްބަރުންނާއި، ހެޔޮލަފާ ޞާލިހުންގެ އެހީތެރިކަމަށް އެދުން

8 ފަތިސް ނަމާދަށް ތެދުވުމުގެ ތައުފީގަށް އެދި މާތްﷲ ގެ ހަޟްރަތުން ދެންނެވުން

9 ނިދިން ހޭލެވުމާއި އެކު ލަސްނުކޮށް ތެދުވުން

10 ނިދުމުގެ ކުރިން މާގިނައިން ނުކެއުން ނުވަތަ ލޮޑުވާ ޒާތުގެ ކާނާ ނުކެއުން

11 ދުވާލުގެ ވަގުތެއްގައި އަރާމުކޮށްލުން

12 ގޭގެ އަހުލުވެރިންނާއި އެކަހެރިކޮށް ނުނިދުން

ތިބާގެ ދުވަސް ފަތިސް ނަމާދުން ފަށާށެވެ. އެއިރުން މުޅި ދުވަހު ބަރަކާތާއި އަލިކަމާއި އުފާވެރިކަން ތިބާއަށް ލިބޭނެކަން ޔަގީނެވެ. އަވަދިނެތިއުޅޭ ދިރިއުޅުމުގެ ސަބަބުން ނަމާދު ކުރަން އުނދަގޫވެއެވެ. އެހެންނަމަވެސް ނަމާދުގެ ސަބަބުން އަވަދިނެތިއުޅޭ ދިރިއުޅުން ފަސޭހަވެ އެވެ. މިދުނިޔޭގެ ހަޔާތުން އުޚްރަވީ ހަޔާތަށް ގެންދެވޭނެ ހަމައެކަނި އެއްޗަކީ ހެޔޮ ނިޔަތުގައި ކުރާ ހެޔޮ އަމަލުކަމާމެދު ޝައްކެއް ނެތެވެ.

ފަތިސް ނަމާދުކޮށްފި މީހާކު އެވަނީ މާތްﷲގެ ރައްކާތެރިކަމުގެ ދަށުގައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާފައިވާ ޙަދީޡެއްގެ މާނައިގައި ވެއެވެ." މިސްކިތްތަކަށް އަނދިރީގައި ހިނގާފައިދާ މީހުންނަށް، ޤިޔާމަތްދުވަހުގައި ފުރިހަމަ ނޫރެއް ވާކަމުގެ އުފާވެރި ހަބަރު ދޭށެވެ."

ތިބާ ނަމާދު ނުކުރާނަމަ އެކަމާއި އެންމެ އުފާވާނީ ޝައިތާނާއެވެ. ޝައިތާނާ އުފާކޮއްދޭން ބޭނުން ހެއްޔެވެ. ދަންނާށެވެ. އެއީ ތިބާގެ ދެދުނިޔޭގެ އަދާވާތް ތެރިޔާއެވެ.

މައުލޫމާތު ނެގީ: ތެދުމަގު ވައިބާ ކޮމިއުނީން

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355