twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ދިރާގުން "އީ-ސިމް" ގެ ހިދުމަތް ތައާރަފްކޮށްފި

ޚަދީޖާ އާދަމް
Jan 14, 2020

ދިރާގުން "އީ-ސިމް" ގެ ހިދުމަތް ތައާރަފްކޮށްފިއެވެ. ދިރާގު އީ-ސިމް އެކްޓިވޭޓް ކުރެއްވުމަށް ފަސޭހަކަމާއެކު ދިރާގު އެޕް މެދުވެރިކޮށް ދިރާގު ސިމެއް ލިބޭ އަގުގައި (30 ރުފިޔާ) ކަސްޓަމަރުންނަށް އެކްޓިވޭޓް ކޮށްލެވޭނެއެވެ.

މި ތަޢާރަފު ކުރެވިގެންދިޔަ އީ-ސިމް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޖިޓަލް މުސްތަގުބަލަކަށް ވާސިލް ވުމަށް އިތުރު ބާރަކަށްވެ މޮބައިލް ކަނެކްޝަންތައް މެނޭޖް ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އީ-ސިމްގެ ހިދުމަތް ބޭނުންކުރެވޭނީ އީ-ސިމް ކޮމްޕެޓިބަލް ނުވަތަ އީސިމް ޓެކްނޮލޮޖީ ހިމެނިފައިވާ ފަހުގެ ފޯނުތަކުގައިއެވެ. އެގޮތުން އީސިމް ސްޕޯރޓްކުރާ އެއްމެ މަޤްބޫލު ސަމާރޓްފޯނުތަކުގައި ދިރާގު އީސިމް ސަޕޯޓް ކުރާނެއެވެ.

އެގޮތުން އައިފޯން އެކްސް އެސް، އައިފޯން އެކްސް އެސް މެކްސް، އައިފޯން އެކްސް އާރް، އައިފޯން 11، އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސް އަދި ގޫގުލް ޕިކްސެލް 3ކުން ފެށިގެން ފަހުގެ ފޯނުތައްކަށް އީ-ސިމް ސަޕޯޓް ކުރާނެ އެވެ.

އީ-ސިމް އަކީ ޑިޖިޓަލް ސިމަކަށް ވުމުން އީސިމް ސަޕޯރޓްކުރާފޯނުތަކުގައި އާދައިގެ ސިމް އަކާއެކު ކޮންމެވެސް އެއް އީސީމް ޕްރޮފައިލްއެއް އެއްވަގުތެއްގައި ބޭނުންކުރެވޭނެއެވެ. އެހެންކަމުން، އޮފީސް އަދި އަމިއްލަ ނަންބަރު ގެންގުޅުއްވާ ފަރާތްތަކަށް ދެ ނަންބަރު ބޭނުންކުރެއްވުން ފަދަ ލުއިފަސޭހަތައް މި ހިިދުމަތުގެ ސަބަބުން ލިބިގެންދާނެއެވެ.

އެގޮތުން، އީ-ސިމްގައި 8 ނަންބަރާ ހަމައަށް ޕްރޮފައިލް ރައްކާކުރެވެއެވެ. މިއީ ރާއްޖޭން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު ސިމް މެނޭޖްކުރެއްވޭނެ ހިދުމަތަކަށް ވެގެން ދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355