twitterviber whatsapp telegramfacebookyoutube instagram
16th April 2024

އެމްޑީޕީ ތިލަދުންމަތީ ދަތުރުގައި މިރޭ ކުޅުދުއްފުއްޓަށް

އިބްރާހިމް ހަމީދު
Jan 14, 2020

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ތިލަދުންމަޗަށް ކުރާ ދަތުރުގައި މިރޭގެ ވަގުތެއްގައި ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

އެމްޑީޕީގެ އޮފިޝަލް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު "އެޖެންޑާ 19 ރަށަށް" މިނަމުގައި ކެމްޕެއިނަށް މިހާރު އެމްޑީޕީއިން ބޮޑުތިލަދުންމަތީގެ ބައެއް ރަށްރަށަށް ކުޅުދުއްފުށީ ސީކުއީން ބޯޓްގައި ފަށާފައިވާ މިދަތުރުގައި މިރޭގެ ވަގުތެއްގައި ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިދަތުރުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ލީޑަރޝީޕް އަދި ޕާޓީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނާ އާންމު މެންބަރުން ބައިވެރިވަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިދަތުރުފެށީ މިމަހުގެ ބާރަވަނަދުވަހު މާލެއިން ކަމަށާއި ތޭރަވަނަދުވަހުގެ ހެނދުނު ފުރަތަމަ މަންޒިލެއްގެ ގޮތުގައި ހއ. އަތޮޅު އިހަވަންދޫއަށް ގޮސްފައިވާކަމަށާއި އަދި ހަމަ އިއްޔެ އެ އަތޮޅު ހޯރަފުށީގެ އިތުރުން ކެލާ އަދި ބާރަށް ދެވިފައިވާ ކަމަށެވެ.

އަދި ރޭގެވަގުތެއްގައިވަނީ އެއަތޮޅު ދިއްދޫގައި ހާއްސަ ޖަލްސާއެއް ބޭއްވިފައިވާ ކަމަށާއި ކޮންމެ ރަށެއްގައި ޑޯޓްޑޯއާއި ކަންމަތީ ބައްދަލުވުންތައް ކުރިއަށް ގެންދެވިފައިވާކަމަށް އޮފްޝަލް ވިދާޅުވި އެވެ. މިއަދު ހެނދުނު 7:30 މިވަނީ ހދ. އަތޮޅުގެ ހަނިމާދު ފައިބާފައިވާކަމަށާއި ދެން ޓީމް މިއައީ ނޭކުރަންދޫ އަށް ކަމަށެވެ.

ނޭކުރަންދޫ އަށް ޓީމް މިއައީ ރާއްޖޭގެ އިއްޒަތްތެރި ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގަންނަވާ ބުލޫބުރެސްފުރެޓީ ކޯލީޝަން ބާއްވާ ތިމާވެއްޓާއިބެހޭ އިވެންޓެއްގައި މިދަތުރުގެ ބައިވެރީން ވެސް ބައިވެރިވަޑައިގަތުމަށްޓަކައެވެ.

ކުޅުދުއްފުއްޓަށް މިދަތުރުގެ ބައިވެރީން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 އާއި 10:00 ދެމެދުގެ ވަގުތެއްގައިކަމަށާއި އަދި ދަތުރު ބައްތެއްޔަށް ސެޑިއުލް ލިބިފައިވާގޮތުން ރާއްޖޭގެ ރައިސުލް ޖުމްޙޫރިއްޔާވެސް މިދަތުރުގައި ބައިވެރީންނާއިއެކު މިރޭ ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިތުރަށް އޮފިޝަލް ވިދާޅުވީ މިރޭ ކުޅުދުއްފުއްޓަށް ޓީމް ވަޑައިގަތުމާއިއެކު ކުޅުދުއްފުށީ އެމްޑީޕީ މެމްބަރުން ދެއްވާ ބޮނޑިބަތް ފަރީކޮޅެއް އެރަށު ހިއްކިބިމު ސަރަހައްދު އޮންނާނެ ކަމަށެވެ. އެއަށްފަހު މާދަމާ ހެނދުނު 9:00 ގައި "އެމްޑީޕީ އިރުވައި" ކޮންފަރެންސް ކުޅުދުއްފުށީ އޭއީސީ ހޯލްގައި ފެށިގެންދާނެކަމަށާއި މާދަމާ ރޭ ކުޅުދުއްފުށީ ރައްޔިތުން އެމްޑީޕީ އިން ބާއްވާ ހާއްސަ ޖަލްސާއެއް ކުރިއަށްދާނެކަމަށެވެ.

އެމްޑީޕީ އިން ބާއްވާ ކޮންފަރެންސްގައި އަދި ރައްޔިތުންނަށް ބާއްވާ ހާއްސަ ޖަލްސާގައި ރައީސުލްޖުމްޙުރިއްޔާ ބައިވެރިވަޑައިގަންނަވާނެކަމަށެވެ. މިޓީމަށް މަރުހަބާ ދެއްނެވުމަށް ޓަކައި ކުޅުދުއްފުށީ އެމްޑިޕީއިން ދަނީ ތައްޔާރުވަމުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355