twitterviber whatsapp telegramfacebookyoutube instagram
29th March 2026

އެސްޓީއޯއިން ޑެވޮންޑޭލް ކިރުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ނަބީލާ އިސްމާޢީލް
Jan 14, 2020

އެސްޓީއޯއިން "ބެކް ޓު ސްކޫލް" ގެ ނަމުގައި ޑެވޮންޑޭލް ކިރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަންނަ މަހުގެ 12ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އެސްޓީއޯ ސުޕަމާޓުން ވިއްކާ ޑެވޮންޑޭލް ފުލް ކްރީމް 200 އެމްއެލް ޕެކެޓުގެ ކޭހެއް ގަތުމުން އިނާމެއް ލިބެ އެވެ. އޭގެ ކޭހެއް ލިބެނީ 170ރ. އަށެވެ.

އޮސްޓްރޭލިއާގެ އެއްވަނަ ކިރުގެ އުފެއްދުން ކަމަށް ވާ ޑެވޮންޑެލްއަކީ ރާއްޖޭގައި ވެސް މަޝްހޫރު އަދި ގިނަ ބަޔަކަށް ކަމުދާ ބާވަތެކެވެ.

އެސްޓީއޯ ސުޕަމާޓުން ޑެވޮންޑޭލްގެ ދިޔާ ކިރުގެ އަށް ބާވަތެއް އަދި ހިކި ކިރުގެ ދެ ބާވަތެއް އަންނަނީ ވިއްކަމުންނެވެ. އެސްޓީއޯ އިން ޑެވޮންޑޭލްގެ އުފެއްދުންތައް ރާއްޖޭގައި ވިއްކަމުން އަންނަތާ މިހާރު 22 އަހަރު ވެއްޖެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355