twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަތް ކަނޑާވަރު ވަގުންނާ ހަވާލުކޮށްގެން ރައްޔިތުން ބޭނުންވާގޮތަށް ހަރަދެއް ނުކުރެވޭނެ: ގަފޫރު

ޚަދީޖާ އާދަމް
Jan 16, 2020
1

ސަރުކާރުން ތިލަދުންމަތީ ތަރައްގީ ކުރުމަށް ކަނޑައެޅި 1 ބިލިއަން ރުފިޔާގެ ބަޖެޓުން ރައްޔިތުން ބޭނުންވާ ގޮތަށް ހަރަދު ކުރެވޭނީ މިކަން ދަންނަ ބަޔަކާ މިކަން ހަވާލުކޮށްގެން ކަމަށާއި އަތްކަނޑާވަރު ވަގުންނާ މިކަން ހަވާލުކޮށްގެން މިކަަން ކުރެވޭނެ ގޮތެއްވެސް ނޯންނާނެކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ރޭ ކުޅުދުއްފުށީގައި ބޭއްވި އެމްޑީޕީގެ "އެޖެންޑާ 19 ރަށަށް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގަފޫރު ވިދާޅުވީ އެމަނިކުފާނަކީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރުކަން 10 އަހަރު ކުރެއްވި މެންބަރު ކަމަށާއި ކުޅުދުއްފުށި ތަރައްގީކުރުމަށް އެމްޑީޕީ ނޫން ސަރުކާރަކުން ކުރި ހަމައެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށެވެ.

"މި ފަސްގަނޑާއި އެމަގުތަކާއި އަޅާފައި އޮތް ނަރުދަމާއާއި ފެނުގެ ނިޒާމާއި ހަދަން ފަށާފައި ހުރި މަގުތަކާއި މިހުރިހާ ކަމަކީ އެމްޑީޕީގެ ސަރުކާރުގެ 3 އަހަރާއި އަދި މި ސަރުކާރުން އެއާޕޯޓްވެސް ނިންމަދީމި ކުޅުދުުއްފުށީ ސިޓީ، ސިޓީއަކަށް ހެދީ އެމްޑީޕީގެ ސަރުކާރުން." ގަފޫރު ވިދާޅުވި އެވެ.

އަދި އެމްޑީޕީއަކީ ރައްޔިތުންގެ ފައިސާގައި ޖެހޭނެ ބައެއް ނޫންކަމަށާއި މި ސަރުކާރުން މިދިޔަ އެއް އަހަރުތެރޭ ވައްކަމެއް ހިންގާފައެއް ނެތް ކަމަށް ވިދާޅުވެ ގަފޫރު ވިދާޅުވީ ވައްކަމަކީ އެމްޑީޕީން ނޫނެކޭ ބުނެފައި އޮތް ކަމެއްކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މިހާރުވެސް ތިލަދުންމަތީގެ ރައްޔިތުން މަޖިލީހުގެ ގޮނޑިތަކުގައި މިތިބީ ތިލަދުންމަތީގެ ދަރިން ކަމަށާއި ރާއްޖޭގެ އެންމެހާ ކައުންސިލްގެ ގޮނޑިތައް މިއަދު ތިޔަބޭފުޅުން އެމްޑީޕީއާށް ހޯއްދަވައި ދެއްވަން އެބަޖެހޭ ކަމަށެވެ.

ދިވެހިރާއްޖޭ އިގްތިސޯދު ބަދަލުކޮށްލާނެ ތަނަކީ ތިދަލުންމަތިކަމަށާއި ރާއްޖޭގެ އިގްތިސޯދު މި ސަރުކާރުން ދެ ގުނައަށް އިތުރުކޮށްދީ މި ތިލަދުންމަތީގައި މި ހުރި ބޮޑެތި ރަށްތަކުގައި މި ހުރި ވަސީލަތްތަކަކީ މުޅި ދިވެހި ރާއްޖޭގެ ކުރިއެރުމަށްޓަކައި މި ސަރުކާރުން ފުރިހަމައަށް ބޭނުން ކުރާނެ ވަސީލަތްތައް ކަމަށެވެ.

އަދި މިގައުމަށް ބޮޑެތި ތަރައްގީ އަންނާނެ ކަމަށާއި އެތަރައްގީ ފެށިގެން ދާނެ ނާރެހަކީ މިތިލަދުންމަތި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355