twitterviber whatsapp telegramfacebookyoutube instagram
19th April 2024

ތައުބާވުމުން ހިތްހަމަޖެހުން އިތުރުކޮށްދޭ

ޚަދީޖާ އާދަމް
Jan 24, 2020

ތައުބާވުމަކީ އަހަރެމެން ކޮންމެ މުސްލިމަކަށްވެސް ކުރަން ޖެހޭ ކަމެކެވެ. އެންމެހާ މުސްލިމުން އެ އެއްޗެއްގައި ހިފަންޖެހޭ ދެ މަސްދަރު ކަމުގައިވާ ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާގެ ސުންނަތުގައިވެސް އެންމެހާ މީސްތަކުން ތައުބާ ވުމަށް ވަނީ ގޮވާލާފައެވެ.

މާތްﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނާގައިވެެއެވެ. "އޭ މުއުމިނުންނޭވެ. ތިޔަބައި މީހުން އެންމެން ﷲ އަށް ތައުބާވާށެވެ!. (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބިގަތުމަށްޓަކައެވެ"

މިއާޔަތުގައި މާތްﷲ އެންމެހާ މުއުމިނުންނަށް އަންގަވާފައި އެވަނީ ތައުބާވުމަށެވެ. އަދި ދިންނެވުން ގުޅިފައިވަނީ ވެސް ތައުބާއާ ކަން މިއާޔަތުން އެނގެއެވެ. ވިމާ ދިންނެވުން ލިބުން އޮތީ ﷲ ރުހިވޮޑިގެން ނުވާ އެންމެހާ ކަންތައްތަކުން އެއްކިބާވެ ނަފްސު ތާހިރުކޮށްގެންނެވެ. ﷲ ގެ މަގަށް ރުޖޫއަ ވެގެންނެވެ.

ހަމަ އެހެންމެ މި އާޔަތުން ދޭހަކޮށްދޭ އަނެއް ކަމަކީ ކޮންމެ މުއުމިނަކީވެސް ތައުބާ ވާންޖެހޭ މީހެއް ކަމެެވެ. އަދި ތައުބާ ވާންޖެހޭ މީހުންނަށް "މުއުމިނުން" ގެ ސިފަ ދެވިފައިވާތީ އެއިން ޔަގީންކޮށްދެނީ ފާފައެއް ކުރެވުނަސްއެ މީހާއަކީ ވަގުތުން ދީނުން ބޭރުވާނެ މީހެއް ނޫންކަމެވެ.

ޝުއައިބުގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނާ މުހާތަބުކުރައްވާ ވިދާޅުވިކަމަށް ހޫދުގެ 90 ވަނަ އާޔަތުގައި ﷲ ވަހީކުރެއްވި ބަސްފުޅުގެ މާނާގައިވެެއެވެ. "އަދި ތިޔބައިމީހުން ވެރިރަސްކަލާނގެ ހަޟްރަތަށް ފާފަ ފުއްސެވުން އެދި ތިޔަބައިމީހުން ދަންނަވާށެވެ! ދެން ތިޔަަބައި މީހުން އެކަނލާގެއަށް ތައުބާވާށެވެ!. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ."

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355