twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރާއްޖޭގެ ކޮމާޝަލް ކެޕިޓަލަކަށް ކުޅުދުއްފުށި ހެދިދާނެކަމަށް ޔާސިރު ވިދާޅުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Jan 25, 2020
6

ދިވެހިރާއްޖޭގެ ކޮމާޝަލް ކެޕިޓަލަކަށް ކުޅުދުއްފުށީ ހެދިދާނެކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ. ޔާސިރު މިހެން ވިދާޅުވީ ރޭ ކުޅުދުއްފުށީގައި ހުޅުވި، ހެޕީމާކެޓް ޑިސްޓްރިބިއުޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައިވެސް ވެރިކަންކުރާ ސިޓީ އާއި ވިޔަފާރީގެ މައި މައުކަޒުގެ ސިޓީއަކީ މުޅިން ވަކި ދެ ތަނެއްކަން ފާހަގަކުރައްވަމުން، މެމްބަރު ޔާސިރު ވިދާޅުވީ، ރާއްޖޭގެ ކޮމާޝަލް ކެޕިޓަލަށް ކުޅުދުއްފުށި ހެދިދާނެ ކަމަށާއި އެކަމުގެ ސަބަބުން ކުރިއަށް އޮތްތާގައި އެތަކެއް ފުރިހަމަކަމެއް ރަށަށް ލިބިގެންދާނެކަމަށެވެ.

އަދި، އޭނާ ވިދާޅުވީ ރޭ ކުޅުދުއްފުށީގައި ހުޅުވިގެންދިޔަ ހެޕީމާކެޓްގެ ޑިސްޓްރިބިއުޝަން ސެންޓަރަކީ މިގޮތުން އެޅޭ ފުރަތަމަ ފިޔަވަޅުކަމުގައި ބަލައިގަތުމަށެވެ.

"ދުނިޔޭގެ އެކިއެކި ގައުމުތަކުގައި އެބޭފުޅުންގެ ކޮމާޝަލް ކެޕިޓަލް އާއި އެޑްމިނިސްޓްރޭޓިވް ކެޕިޓަލަކީ އާންމުގޮތެއްގައި ދެ ސިޓީއެއް. މިސާލަކަށް އަޅުގަނޑުމެން ބަލާލާކަމުގައިވަނީ ވިއްޔާ އިންޑިޔާގެ ނިއުޑެއްލީ އާއި ބެންގަލޫރު. ހަމަ އެހެންމެ ޗައިނާގެ ބެއިޖިންއާއި ޝެންހާއި، އެމެރިކާގެ ވޮޝިންޓަނާއި ނިއުޔޯކް." ޔާސިރު ވިދާޅުވި އެވެ.

ރާއްޖެއަށް ފިނިކުރި ކާބޯތަކެތި އެންމެ ރައްކާތެރި އަދި އެންމެ ފުޅާދާއިރާއެއްގައި އެތެރެކުރާ ހެޕީމާކެޓްގެ ޑިސްޓްރިބިއުޝަން ސެންޓަރު ކުޅުދުއްފުށީގައި ހުޅުވުމުގެ ރަސްމިއްޔާތުގައި ޔާސިރު ވިދާޅުވީ، އާންމު ގޮތެއްގައި ދުނިޔޭގެ އެކި ގައުމުތަކަށް ބަލާއިރު އެ ގައުމުތަކުގެ ކޮމާޝަލް ކެޕިޓަލް އާއި އެޑްމިނިސްޓްރޭޓިވް ކެޕިޓަލްއަކީ ދެ ތަނެއް ކަމަށެވެ.

އެހެންނަމަވެސް ދިވެހިރާއްޖޭގައި މިއަދާ ހަމައަށް އައިރުގައި އެ ދެ ތަންވެސް އެއްތަންވެފައި އޮތުމުގެ ސަބަބުން ތަކުލީފުތަކެއް އެބަހުރިކަމަށް އޭނާ ވިދާޅުވި އެވެ.

"ދަންނަވާލަން މިއުޅޭ ވާހަކައަކީ މި ދިވެހިރާއްޖޭގެ ކޮމާޝަލް ކެޕިޓަލަކަށް މި ކުޅުދުއްފުށި އަޅުގަނޑުމެންނަށް ހެދިދާނެއޭ. އަޅުގަނޑުމެންގެ ގަބޫލުކުރަންވީ މި ދިވެހިރާއްޖޭގެ ކޮމާޝަލް ކެޕިޓަލަށް ހެދުމަށް މިރޭ ހުޅުވިގެންދާ ހެޕީމާކެޓްގެ ފިހާރައަކީ އަޅުގަނޑުމެންނަށް އެޅޭ ފުރަތަމަ ފިޔަވަޅުކަމުގައި އަޅުގަނޑުމެން ބަލައިގަންނަމާ ހިނގާށޭ." މެމްބަރު ޔާސިރު ވިދާޅުވި އެވެ.

ޔާސިރު ވިދާޅުވީ، ކުޅުދުއްފުއްޓަކީ ވަޒީފާގެ ބާޒާރަށް ރެޑީވެފައި ތިބި ބައިވަރު ޒުވާނުންތަކެއް ތިބި ރަށެއް ކަމަށާއި އެކި ގޮތްގޮތުން ރަށުގައި ވަޒީފާތައް އުފައްދަން ޖެހޭ ކަމަށެވެ. ހެޕީމާކެޓްގެ މި ޑިސްޓްރިބިއުޝަން ސެންޓަރުގެ ސަބަބުން ވަޒީފާގެ މާކެޓަށް ރެޑީވެފައި ތިބި އެތަކެއް ޒުވާނުންތަކަކަށް ވަޒީފާ ލިބިގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355