twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަވަސް ރައިޑު މިފަހަރު ކުޅުދުއްފުށި ސިޓީއަށް!

Jan 25, 2020
2

ރާއްޖޭގެ އެންމެ ގިނަ ޑްރައިވަރުން ބޭނުން ކުރަމުންދާ ޓެކްސީ ބުކިން މޯބައިލް އެޕްލިކޭޝަން ކަމުގައިވާ "އަވަސް ރައިޑް"ގެ ޚިދުމަތް ރާއްޖޭގެ އެންމެ އުތުރުން އޮންނަ ސިޓީ ކަމުގައިވާ ކުޅުދުއްފުއްޓަށް ތައާރަފުކޮށްފިއެވެ.

ޓެކްސީގެ ހިދުމަތްދޭ މޯބައިލް އެޕްލިކޭޝަނެއް ކަމުގައިވާ "ޢަވަސް ރައިޑު" ގެ ހިދުމަތް ކުޅުދުއްފުށި ސިޓީގައި ތައާރަފްކޮށްފައިވާ އިރު އެ ސިޓީގައި ދަނީ މި އެޕްލިކޭޝަނަށް މިހާރުވެސް ބޮޑު ތަރުހީބެއް ލިބެމުންނެވެ. ކުޅުދުއްފުށި ސިޓީގެ އިތުރުން ދެން މި އެޕްލިކޭޝަނުގެ ހިދުމަތް ލިބެނޭ މާލެ އަދި އައްޑޫ ސިޓީއިންނެވެ.

މި އެޕްލިކޭޝަން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައެވެ. އަވަސް ރައިޑު މެދުވެރިކޮށް ކާރުގެ އިތުރުން، ޕިކަޕާއި ސައިކަލުވެސް އޯޑަރު ކުރެވެއެވެ. އަދި ޓެކްސީ ބޯޑު ނުޖަހާ ޕްރައިވެޓް ކާރުތަކަށްވެސް ދަތުރުތައް ނެގެއެވެ. ޓްރާންސްޕޯޓު ގަވާއިދު ބުނާގޮތުން، އަމިއްލަ ކާރުތަކަށް އަގު ނަގައިންގެން ހިދުމަތް ދެވޭނީ އެ މިނިސްޓްރީއިން ހުއްދަ ދީފައިވާ މިފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް އެކަންޏެވެ. އަވަސް ރައިޑަކީ ރާއްޖޭގެ މިފަދަ އެންމެ މަޤްބޫލު އެޕްލިކޭޝަނެވެ.

""އަވަސް ރައިޑް" ގެ ސީއޯއޯ އިސްމާއިލް އަޒްމީ އަދުނާން ވިދާޅުވީ ކުޅުދުއްފުށި ސިޓީއަށް "އަވަސް ރައިޑް" ތައާރަފް ކުރަން ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިންކަމަށެވެ.

"ކުޅުދުއްފުށި ސިޓީގައި ވަރަށް ބޮޑު ތަރުހީބެއް އެބައޮތް މިކަމަށް، ޒުވާނުންވެސް ވަރަށް ބޮޑަށް އެދެމުން ދިޔައީ ސައިކަލު ޓެކްސީ ތައާރަފްކުރަން"

އަޒްމީ ވިދާޅުވީ ގޮތުގައި "އަވަސް ރައިޑް" އިން ކުޅުދުއްފުށީގެ ދަތުރުފަތުރަށް ބޮޑު އިިންގިލާބެއް ގެނުވާނެއެވެ. އަދި އެ ސިޓީއަށް ހާއްސަކޮށްގެން ބޮޑު ޕްރޮމޯޝަނެއްވެސް "އަވަސް ރައިޑް" އިން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އަޒްމީ ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީއަށް ހިދުމަތް ދިނުމަށްޓަކައި "އަވަސް ރައިޑު" އިން މިހާރު ވަނީ އެޕްލިކޭޝަނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ޑްރައިވަރުންނަށް ހުޅުވާލާފައެވެ.

ޒަމާނަށް އައި ބަދަލާއެކު، އޮންލައިން އެޕްލިކޭޝަން ބޭނުންކޮށްގެން ޓެކްސީ ހޯދުން ރާއްޖޭގައިވެސް ދަނީ މަޑު މަޑުން އާންމުވަމުންނެވެ. "އަވަސް ރައިޑް" އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޓެކްސީ ފްލީޓެވެ. މިގޮތުން އަވަސް ރައިޑު މެދުވެރިކޮށް ހިދުމަތްދޭ ކާރު، ސައިކަލު، އަދި ޕިކަޕުގެ އަދަދު 2000 އާއި ކައިރިކުރެއެވެ.

"އަވަސް ރައިޑް" ގެ ޑްރައިވަރަކަށް ވުމަށް އެ އެޕްލިކޭޝަން އެޕްލް ސްޓޯ އިން ނޫނީ ގޫގުލް ޕްލޭ ސްޓޯ އިން ޑައުންލޯޑުކުރެއްވުމަށް ފަހު އެޕްލިކޭޝަންގައި އިންނަ ފޯމު ފުރާލެއްވުމުން ޑްރައިވަރެއްގެ ގޮތުގައި ރެޖިސްޓްރީ ކުރެވޭނެއެވެ. މިގޮތުން، ޑްރައިވަރުގެ މައުލޫމާތު، ލައިސަންސް ކާޑު ހިމެނޭ ގޮތަށް ފޯރުކޮށްދޭންވާނެއެވެ. އަދި ކާރުގެ މައުލޫމާތާއި، ޑްރައިވަރުގެ ފޮޓޯ އެޕްލިކޭޝަނަށް ލުމަށްފަހު، 7242929 އަށް ގުޅައިގެން އެކައުންޓު އެކްޓިވޭޓް ކުރެވޭނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355