twitterviber whatsapp telegramfacebookyoutube instagram
18th April 2024

ޔޫރޯ ބަލާލަންދިއުމުގެ ފުރުސަތުލިބޭ ޕްރޮމޯޝަނެއް ކޮކާކޯލާއިން ފަށައިފި

ނަބީލާ އިސްމާޢީލް
Jan 25, 2020

ކޯކު ފުޅީގެ މަތިގަޑުގައިވާ ހާއްސަ ނަންބަރު އެސްއެމްއެސް ކޮށްގެން މިއަހަރުގެ ޖޫން މަހު ފަށާ ޔޫރޯ މުބާރާތުގެ މެޗެއް ބަލާލަން ދިޔުމުގެ ފުރުސަތުލިބޭ ޕްރޮމޯޝަނެއް ކޮކާ ކޯލާ އިން ފަށައިފިއެވެ.

ކޮކާ ކޯލާއިން އިންތިޒާމުކޮށްގެން އެފްއޭއެމްއާއި މޯލްޑިވްސް ސޮކާ މޭޓްސް ގުޅިގެން ކުޅުނު ލެޖެންޑް ކަޕުގެ މެޗު ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮމޯޝަން ލޯންޗް ކުރީ ކޮކާ ކޯލާ ކުންފުނީގެ ސަރަހައްދީ ޖެނެރަލް މެނޭޖަރު މިލިންޑް ޑެރަސާރިއާ އެވެ.

އިއްޔެ ހަވީރު އެފްއޭއެމް ޓާފުގައި ކުރިއަށްދިޔަ އެ ރަސްމިއްޔާތުގައި މިލިންޑްގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އަދި މެޗުގައި ވާދަކުރާ ލެޖެންޑް ދެ ޓީމުގެ ކެޕްޓަނުން ކަމަށްވާ އައްސަދު އަބްދުލް ޣަނީއާއި އިސްމާއިލް އަނިލްގެ އިތުރުން މޯލްޑިވްސް ސޮކާ މޭޓްސްގެ ރައީސް ހަސަން މަނިކް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮކާ ކޯލާއިން ފެށި ޕްރޮމޯޝަނާ އެކު ޔޫރަފު ގައުމުތަކުގެ މެދުގައި ހަތަރު އަހަރުން އެއް އަހަރު ކުޅެވޭ ޔޫރޯގެ މެޗެއް ބަލާލުމުގެ ފުރުސަތު 10 ފަރާތަކަށް ލިބިގެންދާނެ ކަމަށް ކޮކާ ކޯލާއިން ވަނީ ބުނެފަ އެވެ.

ކޮކާ ކޯލާގެ ސަރަހައްދީ މެނޭޖަރު މިލިންޑް މި ރަސްމިއްޔާތުގައި ވިދާޅުވި ރަން ކުލައިގެ މަތިގަނޑެއް ޖަހައިފައި ހުރި 300، 500 އަދި 1.5 ލީޓަރު ކޮންމެ ފުޅިއެއްގެ މަތިގަނޑު ދަށުގައިވާ ހާއްސަ ކޯޑު 2626 އަށް މެސެޖް ކޮށްގެން ގުރުއަތުން ހޮވޭ 10 ފަރާތަކަށް އިތުރު ބައިވެރިއަކާ އެކު ޔޫރޯގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭނެކަމަށެވެ.

އޭނާ ވިދާޅުވީ ނަސީބުވެރި 10 ފަރާތަކަށް ބައިވެރިއެއް ގޮވައިގެން ބަލާލަން ދާން ފުރުސަތު ދޭނީ ޔޫރޯގެ ދެވަނަ ބުރުގެ މެޗެއް ކަމަށާއި އެ މެޗު ކުޅޭނީ އަޔަލެންޑުގެ ޑަބްލިންގައި ކަމަށެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ތެރޭގައި ނަސީބްވެރި ފަރާތްތަކަށް އައިފޯން 11 އާއި އެލްއީޑީ އެޗްޑީ ޓީވީގެ އިތުރުން ޔޫރޯގެ އޮފިޝަލް ބޯޅަ ވެސް ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ކޮކާ ކޯލާއިން ވަނީ ބުނެފަ އެވެ.

ކޮކާ ކޯލާއިން ވަނީ މީގެ ކުރިން ޔޫރޯ މުބާރާތަކާއި ވޯލްޑް ކަޕު މުބާރާތުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ވެސް ނަސީބުވެރި ފަރާތްތަކަކަށް ދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355