twitterviber whatsapp telegramfacebookyoutube instagram
21st December 2025

އުރީދޫ ކަލަ ރަން މި ފަހަރު ކުޅުދުއްފުށީ ސިޓީއަށް

ނަބީލާ އިސްމާޢީލް
Jan 28, 2020
1

އުރީދޫ އިން ކޮންމެ އަހަަރަކު ބާއްވަމުން އަންނަ "ކަލަ ރަން" މި އަހަރު ކުޅުދުއްފުށީ ސިޓީގައި ބާއްވަން ނިންމައިފި އެވެ.

ކުޅުދުއްފުއްޓާއި ހުޅުމާލޭގައި މި ހަރަކާތް މި އަހަރު ކުރިއަށްދާނެ ކަން އުރީދޫން އިއުލާންކުރީ "މަރުހަބާ 2020" ގެ ނަމުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އުރީދޫގެ ސީއީއޯ އަދި އެމްޑީ ނަޖީބު ހާން ރޭ އިފްތިތާހުކޮށްދެއްވި ހާއްސަ ހަފުލާގަ އެވެ.

އުރީދޫން ފެށި ކަލަ ރަން އަކީ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ހަރަކާތެކެވެ. މި ހަރަކާތައް ލިބޭ ތަރުހީބު އިތުރުވުމުގެ ސަބަބުން މިދިޔަ އަހަރުން ފެށިގެން އެ ކުންފުނިން ވަނީ ހުޅުމާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި ވެސް މި ހަރަކާތް ބާއްވަން ނިންމާފަ އެވެ. މިއަހަރުގެ ކަލަ ރަންގެ ފުރަތަމަ ހަރަކާތް އޮންނާނީ ކުޅުދުއްފުށީގަކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ ކަލަ ރަން އަކީ ތަފާތު ގޮތަކަށް ކުރިއަށްގެންދާ ހަރަކާތެވެ. ފޯރި ގަދަކުރުމަށް ކަލަ ރަން އޮންނަ ދުވަހުގެ އެއް ދުވަސް ކުރިން ގުޑި މަހާސަމާއަކާއި މޫދު ކުޅިވަރުގެ ހަރަކާތްތައް ވެސް ކުރިއަށްގެންދެ އެވެ. އަދި ކަލަ ރަން ނިމުމުން ފޯރިގަދަ މިޔުޒިކު ޝޯއެއް ވެސް ބާއްވަ އެވެ.

މިއީ ކުޅުދުއްފުށީގައި ކަލަރ ރަން ބާއްވާ ފުރަތަމަ އަހަރެވެ. މިދިޔަ އަހަރު އައްޑޫ އާއި ހުޅުމާލޭގައި ބޭއްވި ކަލަ ރަން އަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355