twitterviber whatsapp telegramfacebookyoutube instagram
28th March 2024

ބޭންކް އޮފް މޯލްޑިވްސްއަށް މިދިޔަ އަހަރު 962 މިލިއަންގެ ފައިދާއެއް

ނަބީލާ އިސްމާޢީލް
Jan 30, 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އަހަރު ސާފު ފައިދާގެ ގޮތުގައި 962 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލުން ބުނީ ލިބުނު ފައިދާ އިތުރުވުމާ އެކު މިދިއަ އަހަރު ނިންމާލެވުނީ ކާމިޔާބުކަމާ އެކު ކަމަށެވެ. އެގޮތުން ހިންގުމުގެ ހަރަދާއި އިންވެސްޓްމެންޓް އަދި ޕްރޮވިޝަން ޗާޖު އިތުރުވި ނަމަވެސް ބޭންކުގެ މައިގަނޑު ހުރިހާ ދާއިރާއަކުން ފައިދާ ވެފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ސާފު ފައިދާ 204 މިލިއަން ރުފިޔާއަށް އަރާކަމުގަ އެވެ. އަދި އެ ކްއާޓަރުގައި ބޭންކް އެސެޓް 491 މިލިއަން ރުފިޔާއަށް އަރާފައިވާއިރު ބޭންކްގެ ރައުސްމާލާއި ލިކުއިޑިޓީ ހުރީ ގާނޫނު ލާޒިމް ކުރާ އަދަދަށް ވުރެ މަތީގައި ކަމަށް ވެސް ބީއެމްއެލުން ބުނެ އެވެ.

ބީއެމްއެލްގެ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދޭނެ އިންތިޒާމްތަކަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭކަމަށާއި އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވެސް ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މާލެ އާއި ހުޅުމާލޭގައި ބިޒްނަސް ސެންޓަރުތައް ހުޅުވި އެވެ.

ބީއެމްއެލް އިން ކުރިޔަށްގެންދާ 'އަހަރެންގެ ބޭންކު' ޕްރޮގްރާމްގެ ދަށުން ވަނީ ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަަމައަށް ފައިދާ ކުރަނިވި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން ފާއިތުވެދިޔަ ކުއާޓަރގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުއަށް ފައިދާ ކުރަނިވި 10 ޕްރޮޖެކްޓް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތްތަކަށް ބީއެމްއެލް އިން ވަނީ މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް 51 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމުގައި އެ ބޭންކުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355