twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރަމަޟާންމަހު ގެއްލުނު ރޯދަ ފަރުވާކުޑަނުކޮށް ޤަޟާކުރަން އަވަސްވެގަންނަމާ!

ނަބީލާ އިސްމާޢީލް
Feb 7, 2020

އިސްލާމް ދީނުގެ ހުކުމްތަކަށް ތަބާވުމުގައި މީސްތަކުންނަށް ލުއި ފަސޭހަ ގޮތަކަށް އެކަން ވެވޭނެ ފަދަ ގޮތްތައް ޝަރުއުކުރައްވާފައިވެ އެވެ. ބަލިވުމުގެ ސަބަބުން ނުވަތަ ޙައިޟު ނިފާސް ކަމުގައިވުން ފަދަ ސަބަބަކާ ހުރެ ރަމަޟާން މަހުގެ ބައެއް ރޯދަ ރަމަޟާން މަހު ނުހިފައި ދޫކޮށްލުން ލާޒިމް ވެގެން ވެއެވެ.

ދީނުގެ ވާޖިބުތައް ކޮންމެހެން އަދާކުރަން ޖެހޭތީވެ މި ސަބަބުތައް މެދުވެރިވެގެން ދޫކޮށްލާ ރޯދަތައް ޤަޟާކުރަންޖެހެ އެވެ. މި ގޮތަށް ޤަޟާކުރުމުގައި ޖެހިގެން އަންނަ އަހަރުގެ ރޯދަ މަސް އައުމުގެ ކުރިން އެ ރޯދަތައް ޤަޟާކުރުން ވާޖިބުވާނެ ކަމަށް ހުރިހާ އިލްމުވެރިން ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.

މިއަހަރުގެ ރަމަޟާން މަސް އަންނަން މިހާރު މި ވަނީ ވަރަށް ކުޑަ ދުވަސްކޮޅަކަށް ވެފައެވެ. އެހެން ކަމުން މިދިޔަ އަހަރު ގެއްލުނު ރޯދަ ފަރުވާ ކުޑަނުކޮށް ހިފުމަށް އަވަސްވެގަންނަށް ނުވޭތޯ އެވެ. މޮޅު އިތުރުވެގެންވަނީ އެންމެ ފަހު ވަގުތަށް މަޑުނުކޮށް ވީހައި އަވަހަށް ރޯދަ ހިފުމެވެ. އެންމެ ފަހަށް މަޑުކޮށްގެން ހުއްޓައި ކަންކަން ދިމާވާނެ ގޮތެއް އެކަކަށްވެސް ނުއެނގޭނެތީއެވެ. ރޯދަ ޤަޟާ ނުކުރެވެނީސް މަރުވެއްޖެ ނަމަ އެކަން ވާނީ ދަރަންޏަކަށެވެ. މީގެ އިތުރުން ކޮންމެ އަޅުކަމަކަށްވެސް މޮޅު އިތުރުވެގެންވަނީ އަވަސްވެގަތުމެވެ.

ރޯދަ ޤަޟާކުރުމަށް ފުރުސަތު ލިބޭތޯ އިންތިޒާރު ކުރަމުން ދިޔަ މީހަކު މަރުވެއްޖެ ނަމަ އޭނާގެ މުދަލުން ފިދުޔަ ދޭން ޖެހޭނެ އެވެ. އޭނާގެ މުދަލެއް ނެތް ނަމަ ވާރުތަވެރިން އެދަރަނި އަދާކޮށްދޭން ޖެހޭނެ އެވެ. އަދި ރޯދަ ޤަޟާނުކޮށް ފަސްކުރުމަކީ ފާފަވެރިވާނެ ކަމެކެވެ.

އެހެން ކަމުން ރަމަޟާން މަސް އައުމުގެކުރިން ލިބިފައިމިވާ ފުރުސަތުގައި ގެއްލުނު ރޯދަތައް ހިފާށެވެ. އެންމެ ފަހު ވަގުތަށް މަޑުނުކުރާށެވެ.

މަސްދަރު: ތެދުމަގު ވައިބާ ކޮމިއުނިޓީ އާއި އިސްލާމިކް ނޮލެޖް ވައިބާ ގުރޫޕްގެ އިތުރުން ސަލަފް އެމްވީ އިން

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355