twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބޭންކް އޮފް މޯލްޑިވްސްއިން ލޯން ސެންޓަރެއް ހުޅުވައިފި

ނަބީލާ އިސްމާޢީލް
Feb 5, 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެކައުންޓް ހުޅުވުމަށާއި ލޯނަށް ކުރިމަތިލުމަށް ހާއްސަ ސެންޓަރެއް މާލޭގައި ހުޅުވައިފި އެވެ.

މި ސެންޓަރަކީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ހާއްސަކޮށްފައިވާ ސެންޓަރެކެވެ. މި ސެންޓަރު ހުންނަނީ މާލޭ ސްކެއަރ ހުންނަ ބީއެމްއެލްގެ ކަސްޓަމާ ސާވިސް ސެންޓަރުގެ ފުރަތަމަ ފަންގިފިލާގަ އެވެ. އަމިއްލަ ފަރުދުންނަށް އެކައުންޓް ހުޅުވުމާއި ފާސަނަލް ލޯނާއި ހައުސިން ލޯނަށް މިތަނުން ހުށަހެޅޭނެ އެވެ. މި ސެންޓާރުން ހިދުމަތް ދޭނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 8:30 އިން މެންދުރުފަހު 3:00 ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

މި ސެންޓަރު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ސެންޓަރުންގައި ކަސްޓަމަރުންނަށް އެހީތެރިވުމަށް ހާއްސަ ޓީމެއް މަސައްކަތް ކުރާނެ ކަމަށާއި މި ސެންޓަރުން ކަސްޓަމަރުން ބޭނުންވާފަދަ ފުރިހަމަ ހިދުމަތެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެކައުންޓް ހުޅުވުމާއި ހައުސިން ލޯނާއި ލައިފް ސްޓައިލާއި ކިޔަވާ ލޯނު ނެގުމަށް 3330200 އަށް ގުޅައިގެން އެޕޮއިންޓްމެންޓް ހެއްދޭނެ އެވެ.

އެކައުންޓް ހުޅުވުމަށް ދިވެއްސެއް ނަމަ އައިޑީ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓައި ވިސާގެ އިތުރުން އެންޕްލޯއީމެންޓް ލެޓާއެއް ބޭނުންވާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

މި ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނަށް އަލަށް އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅޭނެއެވެ. ކާޑަށް އެދި ހުށަހެޅުމާއި އިންޓަރނެޓް ބޭންކިންގ އާއި އިންޓަނޭޝަނަލް ޓްރާންސްފަރ ހިދުމަތާއި ފައިސާގެ މުއާމަލާތް ހިމެނޭ ހުރިހާ ހިދުމަތެެއް ލިބެމުންދާނީ މެއިން ބްރާންޗް އިންކަމަށާއި ސްޓޭޓްމަންޓް އަށް އެދި ހުށަހެޅުމާއި ޗެކް ފޮތާއި ކާޑު ދޫކުރުމުގެ ހިދުމަތް ލިބިގެންދާނީ ކަސްޓަމަރ ސަރވިސް ސެންޓަރ އިންނެވެ. ފައިސާގެ މުއާމަލާތްތައް ފިޔަވައި ވިޔަފާރިތަކުން ބޭނުންވާ އެހެން ހުރިހާ ހިދުމަތެއް ދެމުންދާނީ ބީއެމްއެލް ބިޒްނަސް ސެންޓަރ އިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355