twitterviber whatsapp telegramfacebookyoutube instagram
29th March 2024

އެންމެ ކުޑަ އުޖޫރަ މި މަހު ކަނޑައަޅާނަން: ފައްޔާޒް

Feb 11, 2020
1

މި ފެބުރުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅައި، އިއުލާނުކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިމަމް ވޭޖު ކަނޑައަޅާނެ ގޮތަކާއި މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާނެ އަދަދެއް ނިންމުމަށްފަހު މި ހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން އިއުލާނުކުރާނެ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުން އުފައްދާފައިވާ، އުޖޫރައާ ގުޅޭ ގޮތުން ލަފާދޭ ބޯޑެއް އޮންނަ އިރު، އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައެޅުމުގެ ބާރު ގާނޫނުން އެ ބޯޑަށް ލިބެއެވެ. ވަޒީފާއާ ބެހޭ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ބޯޑުން މިނިސްޓަރަށް ދޭ ލަފާ ދިރާސާކުރުމަށް ފަހު ވަކި މަސައްކަތަކާ ގުޅޭގޮތުން ދެވޭނެ އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމުގެ ގޮތުން ނުވަތަ ބަދަލުކުރުމުގެ ގޮތުން ނުވަތަ ނުވަތަ ބާތިލު ކުރުމުގެ ގޮތުން މިނިސްޓަރަށް އަމުރެއް ނެރެވިދާނެ ކަމަށެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް މިހާރު ހުށަހަޅާފައިވާ އިރު، އެ އިސްލާހުތަކުގައި ވަނީ އެންމެ ކުޑަމިމުން ދެވޭ އުޖޫރަ ކަނޑައަޅާނެ ގޮތްތައް ތަފްސީލުކޮށްފައެވެ.

މިނިސްޓަރު ފައްޔާޒް ކުރެއްވި ޓްވީޓުގައިވެސް ވިދާޅުވެފައިވަނީ ފުރަތަމަ ފަހަރަށް އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅައި އިއުލާނުކުރުމަކީ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ކުރާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މި މަހުގެ ތެރޭގައި މިނިމަމް ވޭޖު ކަނޑައަޅައި، މިނިސްޓަރު އަމުރު ނެރުއްވާނީ ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮތް ގޮތުގެ މަތިންނެވެ.

މިހާރު ގާނޫނުގައި ބުނެފައިވާ ގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅާއިރު މުވައްޒަފަކަށް ގަޑިއަކަށް ޖެހޭނެ އަދަދާއި މަސައްކަތުގެ ބަޔަކަށް ޖެހޭނެ އަދަދާއި އަދި އިތުރު ގަޑީގައި ލިބޭނެ މިންވަރުވެސް ކަނޑައެޅި ދާނެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައިވާގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައެއް ދިނުމަށް މިނިސްޓަރު އަމުރުކޮށް ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ޖޫރިމަނާވެސް ކުރެވެ އެވެ.

އެ ދާއިރާތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ކޮންސްޓްރަކްޝަން ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، ސިއްހީ ހިދުމަތުގެ ދާއިރާ، ތައުލީމީ ހިދުމަތުގެ ދާއިރާ އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދާއިރާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355