twitterviber whatsapp telegramfacebookyoutube instagram
2nd April 2026

އެސްޓީއޯއިން ވިއްކާ ޑީސަލުން 30 ލާރި ހެޔޮކޮށްފި

ޚަދީޖާ އާދަމް
Feb 13, 2020

އެސްޓީއޯ އިން ވިއްކާ ޑީސަލުން 30 ލާރި މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.

އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ޑީސަލްގެ އަގު ހެޔޮކޮށްފަ އެވެ. އަދި މިއީ މި އަހަރުގެ ތެރޭގައި ޑީސަލްގެ އަގު ހެޔޮކުރި ފުރަތަމަ ފަހަރެވެ.

މިއަދުން ފެށިގެން އެސްޓީއޯއިން ޑީސަލް ލީޓަރެއް ވިއްކާނީ 10.89ރ. އަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ނަމަވެސް އެސްޓީއޯ އިން ވިއްކާ ޕެޓްރޯލްގެ އަގަށް މި ފަހަރު ބަދަލެއް ނުގެނެ އެވެ. ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ 10.13ރ. އަށެވެ.

އެސްޓީއޯ އިން ބުނީ، ސައޫދީ އަރަބިއްޔާގައި ތެޔޮ އުފައްދާ މަރުކަޒަށް މިދިޔަ އަހަރު ދިން ހަމަލާ އާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލެއް ނުގެނެސް އެ ކުންފުނިން އެއްވަރެއްގައި ހިފެހެއްޓި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355