twitterviber whatsapp telegramfacebookyoutube instagram
9th June 2025

އެންޒީގެ "ވަރަަށް ފައްކާ" ޕްރޮމޯޝަން ފަށައިފި

ނަބީލާ އިސްމާޢީލް
Feb 15, 2020

ކަނޑު މަހުގެ އެކި އުފެއްދުންތައް ބާޒާރަށް ނެރޭ އެންޒީން "ވަރަށް ފައްކާ"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެންޒީން ބުނީ މި ޕްރޮމޯޝަންގެ ދަށުން އެންޒީގެ މަސްދަޅު ގަނެގެން އަގުހުރި އިނާމްތަކެއް ލިބުމުގެ ފުރުސަތު ހުޅުވާލާފަވާކަމަ ށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 15 ފެބްރުއަރީ 31 ޖުލައިގެ ނިޔަލަށް ކަމަށާއި އެންޒީ މަސްދަޅެއް ގަތުމަށްފަހު ދަޅުގެ ލޭބަލް ދަށުގައިވާ ސީރިއަލް ނަންބަރު އެސް.އެމް.އެސް ކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށް އެންޒީން ބުނެ އެވެ.

މި ޕްރޮމޯޝަންގައި ކޮންމެ މަހަކު ގުރުއަތުން ހޮވޭ ފަރާތަކަށް 10000 ރުފިޔާ، ދެވަނައަށް ހޮވޭ ފަރާތަކަށް 5000 ރުފިޔާ އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާ ލިބޭނެއެވެ.

ގްރޭންޑް ލަކީޑޮރޯ ނެގުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ ތެރޭގައެވެ. ގްރޭންޑް ލަކީޑޮރޯގައި އެއްވަނައަށް ހޮވޭ ފަރާތަކަށް 1 ލައްކަ ރުފިޔާ 2 ވަނައަށް ހޮވޭ ފަރާތަކަށް 50000 ރުފިޔާ އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 30000 ރުފިޔާ ލިބޭނެ ކަމަށާއި ލޭބަލްގެ ފަހަތުގައި 2 މަސްދަޅުގެ އައިކޮން ދިމާވެއްޖެނަމަ ލޭބަލް ހިފައިގެން އެންޒީގެ ކޮންމެ ފިހާރައަކަށް ދިއުމުން ހިލޭ 2 މަސްދަޅު ލިބޭނެކަމަށް އެންޒީން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355