twitterviber whatsapp telegramfacebookyoutube instagram
22nd September 2026

ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި ބަދަލުތައް ގެންނާނަން: ޔާސިރު

Feb 17, 2020
7

ރައްޔިތުންގެ މަޖިލީހުގައި އޮތީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި ބަދަލުތައް ގެންނާނެކަމަށް ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

ޔާސިރު މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ ރައްޔިތުން މަޖީލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބައެއް ބިލްތަކާ ގުޅޭގޮތުން ރައްޔިތުންގެ ފާޑުލިޔުން މަޖިލީހަށާއި އެމްޑީޕީއަށް އަމާޒުވެފައިވަނިކޮށްނެވެ.

ބިލްތައް ޑްރާފްޓްކުރަނީ ސަރުކާރުގެ އެކި އިދާރާތަކުންކަން ފާހަގަކުރައްވަމުން ޔާސިރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ސަރުކާރުގައި އޮންނަނީ އެމްޑީޕީގެ 40 އިންސަތަ ކަމަށާއި ބިލްތައް ތައްޔާރުކުރުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަހަރެން މިހުރީ އެއްވެސް ނުފޫޒުގަދަ ފަރާތެއްގެ ދަށުނުވެ މިނިވަންކަމާއެކު." ޔާސިރު ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

އޭނާ ވިދާޅުވީ، މަޖިލިސް އޮތީ އެމްޑީޕޫގެ ސުޕަރ މެޖޯރިޓީގައި ކަމަށާއި ރައްޔިތުން ކަންބޮޑުވުންތައް އަޑުއަހައި ބަދަލުތައް ގެންނާނަން ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް އެކުލަވައިލި ބިލުގައި ވަޒީފާގައި އުޅުއްވާ ފަރާތްތަކުގެ ގިނަ ހައްގުތަކެއް ގެއްލޭކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުންފާޅުކޮށް އެމްޑީޕީއަށް ފާޑުކިޔަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293