މިދިޔަ އަހަރު ޑިސެމްބަރު މަސް ނިމުނު އިރު ރައްޖޭގައި 157 ރިސޯޓު ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އަލަށް 18 ރިސޯޓު ހުޅުވާފައިވަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ތަފާސް ހިސާބުން ދައްކާ ގޮތުގައި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ހުރީ 139 ރިސޯޓެެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ހުރި ރިސޯޓުތަކުގެ ތެރެއިން މިހާރު އޮޕަރޭޓު ކުރަމުން ދަނީ 146 ރިސޯޓެވެ. އެއީ ޖުމްލަ 33،440 އެނދެވެ.
މީގެ އިތުރުން މިދިޔަ އަހަރު 72 ގެސްޓްހައުސްއެއް ރަޖިސްޓްރީކޮށްފައިވާއިރު 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ހުރީ 491 ގެސްޓްހައުސްއެވެ. އަދި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަސް ނިމުނު އިރު އެ އަދަދު ވަނީ 563 އަށް އިތުރުވެފައެވެ.
ޖުމްލަ 563 ގެސްޓްހައުސް ރަޖިސްޓްރީކޮށްފައިވާ ނަމަވެސް، އޭގެ ތެރެއިން އޮޕަރޭޓު ކުރަމުން ދަނީ 562 ގެސްޓްހައުސްއެވެ. އެއީ 9،216 އެނދެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި ހުރި ފަތުރުވެރިންނަށް ހިދުމަތްދޭ އެނދުގެ ކެޕޭސިޓީއަކީ 51،958 އެވެ.