twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފި

Feb 25, 2020

ބޮޑެތި ގިނަ އިނާމު ތަކަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފިއެވެ. ބަޒާރު ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އަދި މި ބާޒާރު މެއި މަހު 30 ހަމައަށް ކުރިއަށް ދާނެއެވެ.

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އަހަރުގެ ރަމަޟާން ބާޒާރު ފައްޓަވައިދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު މުހައްމަދު ރަޝާދުއެވެ.

މި ބާޒާރުގައި ކޮންމެ 1000 ރުފިޔާއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. ބާޒާރު ނިމުމުން އެއްވަނަށް ހޮވޭ ފަރާތަކަށް 4 ބޭފުޅެއްގެ އުމުރާ ޕެކޭޖު ދެވޭއިރު ދެވަނަ އަދި ތިންވަނަ ފަރާތަށްވެސް އިނާމުގެ ގޮތުގައި ކަނޑައެޅިފައިވަނީ އުމްރާ ދަތުރެވެ. އެގޮތުން ދެވަނައަށް ހޮވޭ ފަރާތަކަށް ދެ ބޭފުޅަކަށް އުމްރާ ދަތުރު ލިބިލައްވާއިރު ތިންވަނައަށް ހޮވޭފަރާތަށްވެސް އުމްރާ ދަތުރެއް ލިބިވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ހަފްތާއަކު އެއްފަހު ނެގޭ ގުރުއަތުގައިވެސް 10000 ރުފިޔާއާއި 20000 ރުފިޔާއާ ދެމެދުގެ އަގުހުރި އިނާމެއް ލިބިވަޑައިގަންނަވާނެއެވެ. 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް ދެވޭ ރަމަޒާން ބާޒާރުގައި ހޯމް އިމްރޫވްމަންޓުން ވިއްކާ ބައެއް ބްރޭންޑްތަކުގެ މުދަލާއެކު ވަގުތުން ހަދިޔާ ދިނުމަށްވެސް ހަމަޖެހިފައިވެއެވެ. އެގޮތުން 10000 ރުފިޔާއިން މަތީގެ މަކީޓާގެ ކޮންމެ ވިޔަފާރިއަކާއެކު އިނާމެއް ލިބިވަޑައިގަންނަވާނެއެވެ.

އަދި ކޮންމެ ހަފާތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭ މަކީޓާ ބުރުމާ ބޭނުންކޮށްގެން ތޮރުފުމުގެ މުބާރާތެއް ކޮންމެ ކުރިޔަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ރަމަޟާން ބާޒާރުގައި އެސްޓީއޯއިންވަނީ އެ ކުންފުނިން ވިއްކާ ނިޕޯން ވިނިލެކްސް އަދި ނިޕޯން ވިނީލް ސިލްކް ރޭންޖްގެ ކުލަތަކުންވެސް 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ފަށާފައެވެ. މީގެ އިތުރުން ފިލިޕްސް އެއަރފްރައިޔަރ އެކުވެސް ހަދިޔާއެއް ލިބިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355