twitterviber whatsapp telegramfacebookyoutube instagram
9th August 2026

ސީއެންއެންގައި ރާއްޖޭގެ އިޝްތިހާރު ދެއްކުމަށް އެއްބަސްވެއްޖެ

Feb 28, 2020

އެމްއެމްޕީއާރްސީން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުމުގެ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ސީއެންއެންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މާޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ތިން މަސް ދުވަހަށް ކުރިއަށް ގެންދާ މި ކެމްޕެއިންގައި ސީއެންއެންގެ ހަބަރު ޗެނަލްތަކާއި ވެބްސައިޓްގެ އިތުރުން ސޯޝަލް މީޑިއާގައި ވެސް ރާއްޖޭގެ ފޮޓޯ އާއި ވީޑިއޯތައް އިޝްތިހާރު ކުރާނެ އެވެ.

ކެމްޕޭން އަމާޒު ކުރާނީ ދެކުނު އޭޝިއާ އައި އޭޝިއާ ޕެސިފިކާއި މިޑްލް އީސްޓް، އެފްރިކާ، އަދި ޔޫރަޕްގެ މާކެޓްތަކަށެވެ. އެގޮތުން އިޝްތިހާރު ތަކުގައި ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި ދިވެހިންގެ ސަގާފަތާއި މަސައްކަތްތެރިކަން ވެސް ދައްކުވައި ދޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355