twitterviber whatsapp telegramfacebookyoutube instagram
9th September 2026

މިދިޔަ މަހު ރިޒާވަށް ތިން ޕަސެންޓުގެ އިތުރުވުމެއް

Feb 28, 2020

މިދިޔަ މަހު ރާއްޖޭގެ ރަސްމީ ރިޒާވް، ތިން ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުގެ އިކޮނޮމިކް އަޕްޑޭޓުގައިވާ ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 776.6 މިލިއަން ޑޮލަރެވެ. އަދި މިދިޔަ ޑިސެންބަރު މަސް ނިމުނު އިރު ރިޒާވްގައި ހުރީ 753 މިލިއަން ޑޮލަރެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައިވާ ގޮތުން 2020 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 818.8 މިލިއަން އެމެރިކާ ޑޮލަރެވެ.

ޑިސެމްބަރު މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 316 މިލިއަން ޑޮލަރުގަ އެވެ. މި އަދަދަކީ 2018 ގެ ޑިސެމްބަރު މަހު ރިޒާވްގައި ހުރި 236 މިލިއަން ޑޮލަރާ އަޅާ ބަލާއިރު 12 ޕަސެންޓުގެ އިތުރު ވުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293