twitterviber whatsapp telegramfacebookyoutube instagram
25th October 2020

ބީއެމްއެލްގެ ޕާސަނަލް ލޯން އަދި ފައިނޭންސިންއަށް ހެޔޮބަދަލަކާއެކު ޕްރޮމޯޝަނެއް ފަށައިފި

ނަބީލާ އިސްމާޢީލް
Mar 1, 2020

ބެންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރަމުން ގެންދާ ޕަރސަނަލް ލޯނާއި ބީއެމްއެލް ފައިނޭންސިންގ ޕޯޓްފޯލިއޯ އަށް ހެޔޮ ބަދަލުތަކެއް ގެނެސް ޕްރޮމޯޝަންއެއް ފަށައިފި އެވެ.

މިހެޔޮ ބަދަލުތަކާއެކު ބޭންކުންވަނީ ލުއި އެކްސްޕްރެސް ލުއި މައިކްރޯ ބީއެމްއެލް ވެހިކަލް ލޯން ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަދި ބީއެމްއެލް އިސްލާމިކް ވެހިކަލް ފައިނޭންސިންގ އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަން އެއް ފަށާފައެވެ.

މިއަދުންފެށިގެން އަންނަ އެޕްރީލް މަހުގެ ނިޔަލަށް ޕަރސަނަލް ލޯނާއި ފައިނޭންސިންގ އަށް އެދި ހުށަހަޅާ ފަރާތްތަކަށް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. މި ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ކޮންމެ ހަފްތާއަކު އެއް ފަރާތަކަށް އައިފޯނެއް ލިބޭނެއެވެ.

އަދި ލުއި ލޯނާއި ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭސިންގއަށް އެދި ހުށަހަޅާ ކަސްޓަަމަރުންގެ ތެރެއިން ގުރުއަތުން ދެ ފަރާތް ހޮވުމަށް ހަމަޖެހިފަވާކަމަށާއި މި ގޮތުން ހޮވޭ ކޮންމެ ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަކަމަށެވެ. އަދި ވެހިކަލް ލޯނާއި ވެހިކަލް ފައިނޭންސިންގ އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެއްފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފަ ވާކަމަށެވެ.

މި ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑިރެކްޓަރ އޮފް ބިޒްނަސް ކުލްދިޕް ޕަލިވަލް ވިދާޅުވީ މި ގެނެވުނު ބަދަލުތަކާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕަރސަނަލް ލޯނާއި ފައިނޭންސިންގ ޕްރޮޑަކްޓްތަކަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި ކަސްޓަމަރުންގެ މެދުގައި މަގުބޫލު ލޯނުތަކަށް މިވަނީ ހެޔޮ ބަދަލުތަކެއް ގެނެވިފައި މިގޮތުން ލައިފްސްޓައިލް ލޯނު ގެ ގޮތުގައި މިހާރު 300،000 ރުފިޔާ އާއި ހަމަޔަށް ލޯނު ދޫކުރާނެ ކަމަށެވެ.

ބީއެމްއެލް ވެހިކަލް ލޯނު މެދުވެރިކޮށް އިލެކްޓްރިކް ވެހިކަލް ގަތުމަށް މިހާރު ކުޑަ އިންޓްރެސްޓް ރޭޓެއް މިވަނީ ހަމަޖެހިފައި ކަމަށާއި ލޯނުތަކަށް މި ގެނެވުނު ބަދަލުތައް ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކަށްވެސް ގެނެވިފައިވާކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް 51 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ފޯރުކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355