ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އިގްތިސޯދަށް ކުރަމުންދާ އަސަރުތަކުގެ ސަބަބުން ދިވެހި ދައުލަތަށް ލިބޭ އާމްދަނީ ދަށަށް ދާން ފަށައިފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ މިދިޔަ މަހުގެ އާމްދަނީ އާއި ހަރަދުގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 2.9 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ މަހު ވަނީ މި އަދަދު 1,9 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

ޓެކުހުގެ އާމްދަނީގެ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ދެ ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު ލިބިފައިވަނީ 1.7 ބިލިއަން ރުފިޔާ އެވެ.
މި މުއްދަތުގައި ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ. ޓީޖީއެސްޓީގެ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު ޓީޖީއެސްޓީގެ ގޮތުގައި 485.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަހަރުގެ ޖެނުއަރީ މަހު މި އަދަދު ވަނީ 519.6 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މީގެ އިތުރުން އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި މި އަހަރު 68.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު ލިބުނީ 59.2 މިލިއަން ރުފިޔާ އެވެ.
ތު ހޯލްޑިން ޓެކްސްގައި ލިބުނު އާމްދަނީ ވެސް ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު މި ޓެކުހުން 86.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު ލިބުނީ 77.7 މިލިއަން ރުފިޔާ އެވެ.
ފިނޭންސުގެ ރިޕޯޓުގައިވާ ގޮތުން ޓެކްސް ނޫން ގޮތް ގޮތުން އާމްދަނީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު 484.5 މިލިއަން ރުފިޔާ ޓެކްސް ނޫން ގޮތުން އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. ނަމަވެސް މި އަހަރު ލިބިފައިވަނީ 215.3 މިލިއަން ރުފިޔާ އެވެ.